ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސޭހަކަމާއެކު ލަންކާ ބަލިކޮށް 20 އަހަރުން ދަށުގެ ޒުވާން ޓީމު ކޮލިފިކޭޝަން ފޭސްއިން ޖާގަ ހޯދައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

އޭއެފްސީ އަންޑަރ-20 އޭޝިއަން ކަޕް ކޮލިފަޔާސްގެ ޑިވެލޮޕްމަންޓް ފޭސްގެ ދެވަނަ މެޗުގައި، ފަސޭހަކަމާއެކު 4-0 އިން އަވައްޓެރި ސްރީލަންކާ ބަލިކޮށް، ރާއްޖޭގެ 20 އަހަރުން ދަށުގެ ޒުވާން ފުޓުބޯޅަ ޓީމުން މުބާރާތުގެ ކޮލިފިކޭޝަން ފޭސްއިން ޖާގަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބްރޫނާއީ ދާރުއްސަލާމް އަތުން 2-0 އިން މޮޅުވި ރާއްޖެއަށް މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވަނީ ޖުމްލަ ހަ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގައި ހިމެނޭ މިޔަންމާ ވެސް ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ގްރޫޕުގެ އެއްވަނައަށް އެދެ ޓީމުގެ ދެމެދުގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗު ފެށީ ވަރަށް ވަރުގަދަ ކުޅުމަކާއެކުގައެވެ. ރާއްޖޭގެ މުޙައްމަދު ޝަމްހާން، އަހްޒަމް ރަޝީދު، މުޙައްމަދު އިލާން އަދި ނައްސާހު ނަސީރު ވަނީ މެޗުގެ ކުރީކޮޅު ލަންކާގެ ގޯލަށް ނުރައްކާކޮށް، އެ ޓީމުގެ ކީޕަރު ކައްޒާފީ ޝަހީދަށް ބާރުބޮޑުކޮށްފައެވެ. ރާއްޖެއިން މި މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ. ނައްސާހު ދިން ޕާހަކުން ލިބުނު ބޯޅަ، އިލާން ވަނީ ގޯލުގެ ތެރެއަށް ވޮލީއަކުން ފޮނުވާލައިގެން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

HajjCop_ads
Advertisement

ދެވަނަ ހާފުގައި ރާއްޖޭގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ މެޗުގެ 60 މިނެޓުގައި ޝަމްހާންއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލަންކާގެ މުޙައްމަދު ފުއާދަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމު އިތުރަށް އަޑިއަޅައިލިއެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ލަންކާއިން ކުޅެމުންދިޔަ ދަނޑިވަޅުގެ ފައިދާނަގައި، ރާއްޖޭގެ ނައްސާހު ވަނީ މެޗުގެ 78 އަދި 80 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައި، ރާއްޖެއަށް 4-0 ގެ ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.

ޑިވެލޮޕްމަންޓް ފޭސްގައި 11 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް ކޮލިފިކޭޝަން ފޭސްއިން ފުރުސަތު ލިބެއެވެ. ޖުމްލަ 31 ޓީމު އަށް ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ކޮލިފިކޭޝަން ފޭސްގެ ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނައަށްދާ އެންމެ މޮޅު ހަތް ޓީމު، މުބާރާތް ބާއްވާ ޗައިނާއާއެކު އޭއެފްސީ ޔޫ-20 އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.

މި މޮޅާއެކު ރާއްޖެއަށް ދެވަނަ ބުރުގެ ޖާގަ މިހާރު ކަށަވަރުވެފައިވާއިރު، ކުރިއަށް އޮތް މެޗުތަކުން ނުކުންނަ ނަތީޖާއަކުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ނިންމާލުމުގެ ފުރުސަތު ރާއްޖެއަށް ބޮޑެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިވެހި ޕްރިމިއަރ ލީގުގެ ހަތަރު ޖާގައަކަށް ވާދަކުރެވޭ ކޮލިފަޔާސް އަންނަ ހޯމައިގައި ފަށަނީ

ޕާކިސްތާން މެޗުން ބަލިވުމުން ރާއްޖެއަށް ކުރިޔަށްދިއުމުގެ ފުރުޞަތު ގެއްލިއްޖެ

ސައުތު ރީޖަން ޒޯން 1 ގެ ޗެމްޕިއަންކަން ލ. ގަމުން ހޯދައިފި

futsal team

ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު، މޮޅުވެއްޖެނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެ