ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންޓަރ-ޓެރަރިޒަމާއި ގުޅޭ ސެމިނާއެއްގައި ބައިވެރިވުމަށް 25 ފުލުހުން ޗައިނާއަށް ފުރައިފި

police
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޗައިނާ ޕީޕަލްސް ޕޮލިސް ޔުނިވަރސިޓީ (ސީޕީޕީޔޫ) އިން އިންތިޒާމުކޮށްގެން އެ ގައުމުގެ ހެބެއިގައި ބާއްވާ “ސެމިނަރ އޮން ލޯ އެންފޯސްމަންޓް އެންޑް ކައުންޓަރ-ޓެރަރިޒަމް” ގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އޮފިސަރުންގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ.

ސެޓެމްބަރު 4 އިން 17 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސެމިނާރުގައި ބައިވެރިވާ ދިވެހި ފުލުހުންގެ ވަފުދުގައި އިސްކޮށް ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ރަޝްވާނެވެ. މީގެއިތުރުން މި ވަފުދުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކްގެ އޮފިސަރަކާއި، ޗީފް އިންސްޕެކްޓަރ ރޭންކުގެ 5 އޮފިސަރަކާއި، އިންސްޕެކްޓަރ ރޭންކުގެ 18 އޮފިސަރަކު ހިމެނެއެވެ.

މި ސެމިނާރަކީ ޓެރަރިޒަމާ ދެކޮޅަށް ގާނޫނު ތަންފީޒުކުރުމުގައި އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމާއި، ޑިޖިޓަލް ވިސްނުމާއި އައިޓީ ވަސީލަތްތައް ބޭނުންކުރުމުގެ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސެމިނާރއެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

HajjCop_ads
Advertisement

ހަމައެއާއެކު، ނުރައްކާތައް ދުރާލައި ދެނެގަތުމާއި، ނުރައްކާ ވަޒަންކުރުމާއި، އަވަސް ނިންމުންތައް ނިންމުމާއި، ހާދިސާ ހިނގާ ސަރަހައްދު ކޮންޓްރޯލްކުރުމުގެ އިތުރުން ބޮޑެތި ހަފުލާތަކާއި އެއްވުންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އަމަލީ ހުނަރުތައް މި ސެމިނާރުގައި ދަސްކޮށްދެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ

އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ދެނެގަނެ، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ވެސް މި ތަމްރީނުގައި އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކައުންޓަރ-ޓެރަރިޒަމްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިއީ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ އިދާރާއިން ދެކެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

police traffic

ސްކޫލުތަކާއި ހޮސްޕިޓަލް ސަރަހައްދުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް!

WhatsApp Image 2026 10 14 at 10.58.34

ތިން މީހުންނާއެކު ސައިކަލް ދުއްވި ސައިފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

88887

ގަލޮޅު އެޕާޓްމަންޓަކުން ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި