ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަނީ

police
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގައި ހާއްސަ ހަރަކާތްތެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.

މި އަހަރުގެ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ.

އެ ހަވީރަކީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް، ގިނަ ހަރަކާތްތަކަކާ އެކު ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތްތަކެއް ހަމަށް ފުލުހުން ބުނެއެވެ. ހުރިހާ އާއިލާތަކުން ވެސް ކުދިން ގޮވައިގެން އެ ހަވީރުގައި ބައިވެރިވުމަށް ފުލުހުންގެ ފަރާތުން ވަނީ ދައުވަތު އަރުވައިފައެެވެ.

HajjCop_ads
Advertisement

މާލޭގައި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި ބާއްވާ “އެކުވެރިކަމުގެ ހިނގާލުން” އިންނެވެ. އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން “ބްލޫސް ފެމިލީ ނައިޓް” ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުއެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި “ޕޮލިސް ވޯކް އެންޑް ޓޯކް” ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރު އަދި “އެކުވެރިކަމުގެ ހިނގާލުން” ހިމެނެއެވެ.

މިއީ، ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމާ އެކު، ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި ފުލުހުން ހިދުމަތް ފޯރުކޮށްދޭ މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

My-Hulhumale

ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

traffic police

މަގު ހުރަސްކުރަން ނުހުއްޓާނަމަ 1500 އިން ޖޫރިމަނާކޮށް ލައިސަންސް އިން ޑީމެރިޓް ޕޮއިންޓް ކަނޑަނީ

Police vcle

ދަރުބާރުގެ ކައިރިން ބަހަކާއި ސައިކަލެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

police

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ