ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު އެންމެ ހޫނުގަދައީ މިއަދު

moosun
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާދަމާވެސް މެންދުރު ފަހުގެ ވަގުތުގައި އިހުސާސް ކުރެވޭ ހޫނުމިން މައްޗަށްދާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މިއަދު މެންދުރު ފަހު 2:00 ގައި އާންމުކުރި ރެކޯޑްތަކުގައިވާ ގޮތުން އެވަގުތު މާލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 39.1 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް މާލެ ފިޔަވާ އެހެން ސަރަހައްދުތަކަށް އެވަގުތު އިހުސާސްކުރެވޭ ހޫނުމިން ހުރީ އާންމު ހާލަތުގައި ނުވަތަ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައެވެ.

އެ އިދާރާއިން ވިދާޅުވީ މާދަމާވެސް އިހްސާސް ކުރެވެ ހޫނުމިން އެވަރުގައި ހުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި އާންމުކޮށް އެންމެ ހޫނު ގަދަވަނީ މެންދުރު 1 އާއި 2އާ ދެމެދުގައިކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރާއްޖެއަށް އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސްކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރިއެވެ.

ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށްއޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިދިޔަ ހަފުތާގައި ވިދާޅުވިއެވެ.

މި މަހުން ފެށިގެން ނޮވެންބަރުމަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގެ ޗާޓަކާއެކު މެޓް އޮފީހުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މެދުރާއްޖެތެރެއަށް އާންމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން މިތިން މަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމުކޮށް ވެހޭވަރަށް ވުރެ މަދުން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖޭގެ ހޫނުމިންވެސް ހުންނާނީ އާންމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެެއް އަސަރަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވާނެއެވެ. ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުން ކުރިމަތިވާނެއެވެ. އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދެވަނަ ކަމަކީ ބައެއް ސަރަޙައްދުތަކަށް ވާރޭ ވެހުން މަދުވުމެވެ.

އެލްނީނޯގެ ސަބަބުން ޕެސިފިކް ސަރަޙައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު ވަނީ އާންމުކޮށް ހުންނަވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މަތިވެފައެވެ. އެލްނީނޯގެ ހާލަތު ބަލާ މިންގަނޑު، ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މިދިޔަ މަހު އެކަނިވެސް 1.8 ޑިގްރީ ސެލްސިއަސް މަތިވިއެވެ.

އެލްނީނޯ އުފެދުނީ ޕެސިފިކް ކަނޑުގައި ކަމަށް ވިޔަސް އޭގެ އަސަރު އެހެން ސަރަޙައްދުތަކަށްވެސް ދަނީ ކުރަމުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ ކަނޑާއި ޖައްވުން މިހާރު ފެންނަނީ އެލްނީނޯގެ އަސަރުތަކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ކުރިއަށް އޮތް ތިން މަހު ވެސް ރާއްޖެއަށް ހޫނުގަދަވާނެ ކަމަށް ލަފާކޮށްފި

ލ. އަތޮޅުން ގދ. އަތޮޅަށް ރީނދޫ ސަމާލު

Moosun

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ

moosun

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ދަރަވަންދޫއަށް