ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލަށް އެކުލަވާލި އެއްގަމު ދަތުރުފަތުރުގެ ބިލުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ބޮޑެތި ޖޫރިމަނާތަކެއް

traffic
STO_Ads
Maldivian_Ads
TTH_Ads
Advertisement

އަލަށް އެކުލަވާލި އެއްގަމު ދަތުރުފަތުރުގެ ބިލުގައި ނުރައްކާތެރިކޮށް ދުއްވާ ދުއްވުމަށް ހުރަސްއެޅުމަށް ބޮޑެތި ޖޫރިމަނާތަކެއް ހިމަނައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤު ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ރާވައި، ހިންގައި ބެލެހެއްޓުމެވެ.

HajjCop_ads
Advertisement

މި ބިލުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި، އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމާއި، ދުއްވުމާއި، މަޑުކުރުމާއި، ޕާކުކުރުމާއި، ބޭނުންކުރުމުގެ ހަމަތަކާއި، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި، އަދި ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، މި ކަންކަމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައް ކަނޑައަޅައިފައިވެއެވެ. މި ބިލުން، މާލޭ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި، ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ގްރޭޓަ މާލެ ސަރަހައްދު ހަމަޖައްސައި، މާލެ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ހިދުމަތް ދިނުމަށް ޓަކައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި ހާއްސަ އޮފީހަކާއި، އެ ސަރަހައްދާގުޅޭ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލުގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފައްދައި، އެއްގަމު ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް ފަންޑެއް ވަނީ ގާއިމުކޮށްފައެވެ.

މި ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނެވިފައިވަނި ތަޖުރިބާގެ އަލީގައިކަމަށެވެ.

“އަޅުގަނޑު އެކިފަހަރުމަތިން އެކި ހައިސިއްޔަތުން ކުރީގައި، މާލޭގެ ޓްރެފިކް މައްސަލައާއި، މަގުތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރިން. އެކަންކަމުގެ ތަޖުރިބާގެ އަލީގައި، މި އިޞްލާޙު މި ގެނައީ. މިހާރު އެއް ފުރާޅެއްގެ ދަށުން މާލޭގައި، މިއީ އޮތް އެންމެ ބޮޑު އެއް މައްސަލަ މަގުތަކާ ގުޅިފައި އޮތް މައްސަލައިގައި، އެއް އޮފީހެއް ޤާއިމުކުރެވި، އޮފީސް ތެރެއިން ކަންކަން ކުރެވިގެން ދާނެ،” ރައީސް ވިދާޅުވިއެވެ.

މި ބިލު ފަރުމާކުރެވިފައިވަނީ ނުރައްކާތެރިކޮށް ދުއްވާ ދުއްވުމަށް ހުރަސްއެޅި، އަދި އެފަދަ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ގޮތްތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބިލާއެކު އާންމު ރައްޔިތުންނަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށެވެ.

ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ ހަވާލުކުރުމާއި، ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހުންގާނު ހަވާލުކުރުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގައިފިނަމަ ބޮޑެތި އަދަބުތަކެއް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ،

* ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 ރުފިޔާ އާއި 50,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ.

* އެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ޖޫރިމަނާގެ އަދަދު 50,000 އިން ފެށިގެން 100,000ރ. އާ ހަމައަށް ބޮޑުވާނެ.

* އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރީ ކުޑަކުއްޖަކާ ކަމަށްވާނަމަ، ސީދާ އެންމެ ބޮޑު އަދަބު ކަމުގައިވާ 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަނިޔާއެއް ލިބިއްޖެނަމަ 100,000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ.

މީގެ އިތުރަށް ކުށް ސާބިތުވާ މީހުންގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ލައިސަންސް ނެތް މީހެއްނަމަ އެ މުއްދަތުގައި ލައިސަންސް ނެގުން މަނާވާނެއެވެ. މި މުއްދަތު ހަމަވުމުން ވެސް އަލުން ލައިސަންސް ދޫކުރާނީ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ. މަގުމަތީގެ ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައެއް ގެއްލިއްޖެނަމަ ގާނޫނުލްއުބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު އައު ގާނޫނުގެ ދަށުން ލިބިގެންދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

fdc

އެފްޑީސީގެ ޓަވަރުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަނީ

ޢަބްދުالله ޝަރީފު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް

ރައީސުލްޖުމްހޫރިއްޔާ، ނޯވޭގެ އައު ރަސްގެފާނަށް ތަހުނިޔާ ފޮނުއްވައިފި