ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ދައުލަތަށް ނަގާނީ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި: ރައީސް

TTH_Ads
STO_Ads
Maldivian_Ads
Advertisement

މިއަދު ތަސްދީގުކުރެއްވި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާގޮތަށް، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ދައުލަތަށް ނަގާނީ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން، ކައުންސިލްތަކުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އެންމެފަހުން ގެނައި ބިލު މިއަދު ތަސްދީގުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މި ބިލު ތަސްދީގު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ކުރިއަށްގެންދަން ނިންމާވާފައިވާ މަޝްރޫއުތައް ފެށުމަށް ބޭނުންވާ ބިންތައް ހަވާލުކުރުމަށް އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މަޝްރޫއުތައް ވަރަށް ބޮޑަށް ލަސްވެގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި މި އިސްލާހަށް ސަރުކާރުން ތާއީދުކުރަން ނިންމީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ބައެއް ކައުންސިލުތަކުން ކުރިމަތިކުރަމުންދާ ދަތިތަކަށް އެ ބިލުން ހައްލެއް ލިބިގެންދާތީ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްގެ އިހުތިސާސުން ބިން ނަގަންޖެހޭ ހާލަތެއްގައި އެ ބިން ނަގާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން އެކަނި ކަމަށެވެ. އަދި ބިން ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީވެސް ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނަމަ، ކަމަށްވެސް ވިދާޅުވިއެވެ.

“ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް، އެހެންނަމަވެސް ހުރަސް އަޅާ ކަމަށްވަންޏާ އެތައް މަހެއް ޑިލޭވަމުންދަނީ. އެހެންވެއްޖެއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެންވެސް މަޝްރޫއުތައް ހިންގަން،” އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރުމުގެ ކުރިން ބިލުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހާ ހަމައަށް ބިމެއް ވަކިކުރަން ފޮނުވާއިރު ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ހުންނާނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ މައުލޫމާތު އާންމުކޮށް އިއުލާން ކުރުމާއި އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދަންވެސް ބިލުގައި ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބިމެއް ކައުންސިލެއްގެ އިހުތިސާސުން ވަކިކުރުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަކާއެކު މަޝްވަރާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތަށް ބިމެއް ނެގުމުގެ ކުރިން ގާނޫނުގެ ދަށުން ބިމަށް އެއްވެސް އިންވެސްޓްމެންޓެއް ކައުންސިލުން ނުވަތަ އެހެން ފަރާތަކުން ކޮށްފައިވާނަމަ އެކަމަށް ބަދަލުދޭންވެސް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ބިމެއް ކައުންސިލްގެ އިހްތިސާސުން ވަކިކުރެވޭނީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ކަމަށްވެސް ވިދަޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ، ނޯވޭގެ އައު ރަސްގެފާނަށް ތަހުނިޔާ ފޮނުއްވައިފި

muiz

އެކްސިޑެންޓްތަކާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ ކުރަން ޖެހިފައިވާ ޤައުމީ މަސައްކަތެއް: ރައީސް

471410 c5d2627e c

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ކައުންސިލުގެ ބިން ނެގޭގޮތަށް ގެނައި އިޞްލާހު ތަސްދީޤްކުރައްވައިފި

raees Muiz

އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ. ތަފާތެއް ނުކުރާނެ: ރައީސް