ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލ. ހިތަދޫ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމަށް އާރްޑީސީން ތައްޔާރުވަނީ

Vaikaradhoo
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ލ. ހިތަދޫގައި ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތައްޔާރުވަމުންދާއިރު، އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. މީގެއިތުރުންވެސް އެ ރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން އިޢުލާންކުރައްވާފައެވެ.

ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ހިމެނެއެވެ. އެގޮތުން ހިތަދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ދެހާސް ފަންސަވީސް ވަނަ އަހަރު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާފައެވެ. އަދި ހިތަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވައި، ހިތަދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިތަދޫ އަދި ކުނަހަންދޫ ގުޅުވާލާ ކޯޒްވޭ މަޝްރޫޢު ވަނީ އިފުތިތާޙުކުރައްވާފައެވެ.

މީގެއިތުރުން، ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައިވެސް އެ ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކުރައްވާފައެވެ. ހަމައެއާއެކު، ހިތަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތްތަނުގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވާދޫ

ވާދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފި

Main 20260716

ލ. ހިތަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

Igmh

ހިތަދޫ އަދި ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމަން އަމާޒުކޮށްފި

Igmh

ފެންފުށީގައި ފުލުހުންގެ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް