ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުސެން އިނގިރޭސި ބަހުން ލިޔުއްވި ތިން ފޮތެއް ނެރެފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަން، ކުރީގެ މެރެތަން ރެކޯޑް ހޯލްޑަރު އަދި މިހާރު މެލޭޝިއާގެ ސުލްތާން އިދުރީސް އެޑިއުކޭޝަން ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އިނގިރޭސި ބަހުން ލިޔުއްވި ތިން ފޮތެއް ނެރުއްވައިފި އެވެ.

މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގެން ކުޑަހުސެން ވަނީ އޭނާގެ ފޮތްތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވައިފަ އެވެ.

އޭނާ ނެރުއްވި ތިން ފޮތުގެ ތެރެއިން ފުރަތަމަ ފޮތަކީ ކީރިތި ރަސޫލާގެ ސީރަތާ ބެހޭ ފޮތުގެ ފުރަތަމަ ވޮލިއުމެވެ. ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި ބޮޑު ބައެއް ނިންމެވި މި ފޮތުގައި ޖުމްލަ ދެހާހެއްހާ ސަފުހާ ހިމެނޭތީ، ހަތަރު ވޮލިއުމަކަށް ބައްސަވާލައްވައިގެން ނެރުއްވުމަށް ވަނީ ހަމަޖައްސަވައިފަ އެވެ. ދެ ވަނަ ފޮތް “ރިތިންކިން މޯލްޑިވިއަން ސްޕޯޓްސް” ގައި، އެތުލީޓެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުންނާއި ހިންގުންތެރިއެއްގެ ގޮތުން ކުރެއްވި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ކުޅިވަރަށް ދިމާވެފައިވާ މައްސަލަތައް ވަނީ ތަހުލީލުކުރައްވައިފަ އެވެ. ތިން ވަނަ ފޮތް “(އަން)ޑިފީޓެޑް މޯލްޑިވިއަން އޮލިމްޕިއަން” އަކީ އޭނާގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔުއްވި އޮޓޯބަޔޯގްރަފީއެކެވެ.

HajjCop_ads
Advertisement

ފޮތްތައް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް ހުސެންގެ ސޯޝަލް މީޑިއާ ޕޭޖަށް މެސެޖުކުރެއްވުމުން އެކަން ހަމަޖެހޭނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ކުޑަހުސެން އަކީ 1988 ވަނަ އަހަރު ސޯލްގައި ބޭއްވި އޮލިމްޕިކްސްގައި ދުވެ، ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަންގެ ޝަރަފު ހޯއްދެވި ދުވުންތެރިޔާ އެވެ. އަދި 1989 ގައި ޕާކިސްތާނުގައި ބޭއްވި ސާފް ގޭމްސްގައި 2 ގަޑިއިރާއި 45.03 މިނެޓުން މެރެތަން ނިންމައި ގާއިމުކުރެއްވި ގައުމީ ރެކޯޑް މުގުރާލެވުނީ 28 އަހަރު ފަހުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު