މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް މިހާރު ކުޅެމުންދާ ތުރުކީވިލާތުގެ ޓްރަބްޒޮންސްޕާ ޔޫރޮޕާ ލީގަށް ކޮލިފައިނުވުމުން ކޯޗު ފާތިހް ޓެކް އިސްތިއުފާ ދިނުމުން އެކަން އެ ކުލަބުން ގަބޫލު ނުކޮށްފިއެވެ.
ޕްލޭއޯފްގެ ފުރަތަމަ މެޗުގައި 1-0އިން ބަލިވެފައި އޮތުމުން ޓްރަބްޒޮންސްޕާ ރޭގެ މެޗަށް ނުކުތީ ނަތިޖާ އަނބުރާ ލުމަށެވެ. ނަމަވެސް އައު ސީޒަނަށް ވަރަށް ބޮޑަށް ޓީމު ވަރުގަދަ ކުރި ޓީމަށް މައްސަލަ ދިމާވީ މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ރުސްލާން މަލިނޮވްސްކީ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނަ އަކީވެސް މި ސީޒަނަށް ޓީމު ވަރުގަދަ ކުރަން ގެނައި ކުޅުންތެރިއެކެވެ.
މެޗުގެ 4-0އިން ޓްރަބްޒޮންސްޕާ ބަލިވުމުގެ ކުރިން ގާތްގަނޑަށް 60 މިނިޓަށް ފަހު ކޯޗު ޓެކް ވަނީ ސަލާހް ވެސް ބާލައިފައެވެ. އެއީ ދެން މެޗުން މޮޅުނުވާނެކަން އެނގުމުންނެވެ.

ލިވަޕޫލްގައި ނުވަ އަހަރު ހޭދަކުރި ފޯވަޑް މި ސީޒަނަށް ޓްރަބްޒޮންސްޕާ އަށް ގެންދިޔައީ ޓީމު ވަރުގަދަ ކުރުމަށް ބޮޑު މުސާރައާއެކުގަ އެވެ. އޭނާގެ އަހަރީ މުސާރައަކީ 8.5 މިލިއަން ޕައުންޑެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކީޕަރު އަންދްރޭ އޮނާނާ އާއި ލިވަޕޫލަށް ކުޅުނު ފަބީނިއާ ވެސް މިހާރު ކުޅެނީ ޓްރަބްޒޮންސްޕާ އަށެވެ.
މެޗަށް ފަހު ކޯޗު ޓެކް މަގާމުން އިސްތިއުފާ ދިނުމަށްފަހު ބަޔާނެއް ވެސް ނެރުނެވެ. އޭނާ ބުނީ ފާއިތުވެދިޔަ 18 މަސްދުވަހު ކުރި މަސައްކަތް ރޭ ބައްޔާއެކު ފެނަށްވީ ކަމަށެވެ. ނަމަވެސް ކުލަބުން ވަނީ އޭނާގެ އިސްތިއުފާ ގަބޫލު ނުކޮށްފަ އެވެ. ޓްރަބްޒޮންސްޕާ އިން ބުނީ ޔޫރޮޕާ ލީގަށް ކޮލިފައިނުވެ ކޮންފަރެންސް ލީގު ކުޅެން ޖެހުނު ނަމަވެސް ކޯޗު ކަމުގައި ހުންނާނީ ޓެކް ކަމަށާއި އޭނާ އަށް އިތުބާރު އެބައޮތް










ކިޔުންތެރިންގެ ހިޔާލު