ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިންސް އޮލިމްޕިއާޑްގެ ގްލޯބަލް ރައުންޑަށް ބްރައިޓްވޭގެ 43 ދަރިވަރުން ހޮވިއްޖެ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ސިންގަޕޫރުގެ ވަންޑާ ނޭޝަނަލް ޖޫނިއާ ސައިންސް އޮލިމްޕިއާޑުގައި ބައިވެރިވެ ރާއްޖޭގެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ 43 ދަރިވަރަކު ފަޚުރުވެރި ކާމިޔާބީއަކާއެކު މެޑަލް ހާސިލުކޮށްފިއެވެ.

އުޒުބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް ރައުންޑަށް ދާނެ ކުދިން ހޮވުމަށްޓަކައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބުރުގައި ބްރައިޓްވޭގެ ދަރިވަރުން ވަނީ ޖުމްލަ 43 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ރަން މެޑަލް، 15 ރިހި މެޑަލް އަދި 19 ލޯ މެޑަލްއެވެ. މި މުބާރާތުން މެޑަލް ހާސިލްކުރި ހުރިހާ ދަރިވަރުން ވެސް މިހާރު ވަނީ އަންނަ ޑިސެމްބަރު މަހުގެ 11 އިން 17 އަށް އުޒުބެކިސްތާނުގައި ބާއްވާ މި މުބާރާތުގެ ގްލޯބަލް ރައުންޑް – “ސްޓީމް އަހެޑް 2026” އަށް ކޮލިފައިވެފައެވެ.

މި މުބާރާތަކީ ސިންގަޕޫރުގެ ސްކޫލް ސައިންސް ސިލަބަހުގެ މައްޗަށް ބިނާކޮށް، ގްރޭޑް 3 އިން 10 އާ ދެމެދުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ފުންކޮށް ވިސްނުމުގެ ހުނަރު އިތުރުކުރުމާއި، ސައިންޓިފިކް ކޮންސެޕްޓްތަކުގެ އަލީގައި އުފެއްދުންތެރި ވިސްނުން ތަރައްޤީކޮށް، ދިމާވާ އެކި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމަށް ހިތްވަރު ދިނުންކަމަށް ބަރައިޓް ވޭއިން މައުލޫމާތު ދީފައިވެއެވެ.

HajjCop_ads
Advertisement

ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މި މުހިންމު ހަރަކާތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ސައިންސްވެރިން އެއްތަނަކަށް އެއްވެ، މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން އިތުރުކޮށް، އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބްރައިޓްވޭގެ ދަރިވަރުން ހޯދި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށް މަރުހަބާ ކިޔައި، އެ ސްކޫލުގެ މެނޭޖްމަންޓުން ވަނީ ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަރަށް ބޮޑަށް ތައުރީފުކޮށް ހިތްވަރު ދީފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްއެސްސީ ފެންވަރުގައި ޤުރްއާން މާއްދާގެ އިމްތިހާނު މިއަހަރު 10 ސްކޫލެއްގައި

ސްޕެއިންގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް

ނޯޔާއަށް މިޝަން ޝާކްތީސެޓްގެ 2ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ

އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި