ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސައުދީއަށް

Minister Iruthishaam
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޔަހޫދީ ދައުލަތުން ޤައްޒާ އާރާސްތުކުރުމުގެ މަގުޗާޓާއި ދެކޮޅު ހަދަމުންދާތީ ބާއްވާ އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދި އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުމުގައި ވަޒީރު ތަޤުރީރު ކުރެއްވުމަށް ހަމެޖެހިފައިވެއެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާގައި މިމަހުގެ މާދަމާ ބާއްވާ ބާއްވާ އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޢައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޖަރީމާތާކާއި، ދެކޮޅަށް ސަޢުދިީ އަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، މި ފަހަރު ބައްދަލުވުމުގައިވެސް ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންގެ ޚައްޤުޤައި ވަކާލާތުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޔަހޫދީ ދައުލަތުން ހިންގާ ޢަމަލުތައް ކުށްވެރިކޮށް ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޚަރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެންގެ ސްޓޭޓްމެންޓުގައި އިސްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް މިހާރު ޢައްޒާގެ ސުލްހައަށް އދ. ސަލާމަތީ މަޖިލީހުން ނެރެފައިވާ މަގުޗާޓު ތަންފީޒުކުރުމަށް ހުރިހާ މެންބަރު ޤައުމަކުން ބާރުއަޅާ އިސްރާއީލުން އެއްވެސް އަހަމިއްޔަތުކަމެއް ނުދީ ތަންފީޒުކުރުމަށް ދެކޮޅު ހަދަމުންދާތީ ތަންފީޒުކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ޤައުމަކުން ގޮވާލާނެ. އަދި ޢައިރު ޤާނޫނީ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަޅުގަނޑުމެން ދޭ ސްޓޭޓްމެންޓުގައި އެކަން ބަޔާން ކުރެވޭނެ.” ޚާރިޖީ ވަޒީރު

 ފަލަސްޠީނު މައްސަލައިގަ ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ގޮވާލަމުންނެވެ. އެގޮތުން 1967 ބޯޑަރަށް އެނބުރި ރުޖޫޢަވެ، ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ބަލައިގަތުމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރެއެވެ. މީގެ އިތުރުން ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމަތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ކޮންމެ މަންސައެއްގައި ދިވެހި ރާއްޖެއިން މިހާރު ދަނީ ފާޅުގައި ވަކާލާތު ކުރަމުންނެވެ.

އޯއައިސީގެ މިފަހަރު ބައްދަލުވުމުގައި، ފަލަސްޠީނުގެ މައްސަލައިގެ އިތުރުން އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ ކަންކަންވެސް ކުރުމަށް، ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ތެރެއިން އެކުވެރި ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުވެ، މަޝްވަރާތައް ކުރިއަށްދާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQZ7Q17aQAAiLFz

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ޚާރިޖީ ވަޒީރު

Iruthisham

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިންޑިއާއަށް

Iruthisham

ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވަމުންމިދަނީ ޤައުމީ މަސްލަހަތު އިސްކޮށްގެން: އިރުތިޝާމް

G7jcsWUXwAASQzP

އިންސާނީ ޙައްގުތަކުގެ ކައުންސިލް ބައްދަލުވުމަށް ޚާރިޖީ ވަޒީރު ޖެނީވާއަށް