ކ. ތުލުސްދޫގައި ހުންނަ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ “ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ”ގެ ތިން ވަނަ ބެޗު ކާމިޔާބުކަމާއެކު ނިންމައި ބައިވެރިންނަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން މިއަދު ސެޓްފިކެޓް ދީފިއެވެ.
ސެޓްފިކެޓް ބައިވެރިންނާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. ތަމްރީނު ޕްރޮގްރާމް ތުލުސްދޫގައި ކުރިއަށްދިޔަ މުއްދަތުގައި މެނޭޖިންގ ޑިރެކްޓަރާއި ކުންފުނީގެ އިސްވެރިން ވަނީ ޓްރެއިނިންގ ކުރިއަށްދިޔަ ގޮތް ބައްލަވާލައްވައި ބައިވެރިންނާ ބައްދަލުކުރައްވައިފައެވެ.
އަތޮޅުތެރޭގެ 11 އިންޖީނުގެއަކުން 11 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކުގެ އިތުރުން އިންޖީނު އޯވަރހޯލް ކުރުމާއި މެއިންޓަނެންސް މަސައްކަތްތަކާ ބެހޭ މުހިންމު ފަންނީ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަ











ކިޔުންތެރިންގެ ހިޔާލު