ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުލިގަމުގައި ޔޮޓު މެރީނާ ތަރައްޤީކުރަން ބިން އެމްޕީއެލްއާ ޙަވާލުކޮށްފި

HQZtIk3a8AAhIC2
STO_Ads
Maldivian_Ads
TTH_Ads
Advertisement

ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ޔޮޓް މެރީނާއެއް ޤާއިމުކުރުމަށް ބޭނުންވާ ބިން ހޯދުމުގެ ގޮތުން އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީޤެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.

އެމްޕީއެލުން ބުނީ އުލިގަމުގައި ޔޮޓު މެރީނާ ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަށާނެކަމަށެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުޑަކޮށް ތަރައްޤީކުރި ނަމަވެސް، މުސްތަޤުބަލުގައި މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެކަމަށް އެމްޕީއެލުން ބުންޏެވެ.

އެންމެ ފުރަތަމަ ފަށާއިރު 18 ޔޮޓަށް ޖާގަ ކަނޑައެޅުނުނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެކަމަށް އެމްޕީއެލުންބުންޏެވެ.

HajjCop_ads
Advertisement

އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ބޭރުގެ ޔޮޓުފަހަރު ޒިޔާރަތްކުރަމުންދާ ރަށެކެވެ. ނަމަބެސް މިހާތަނަށް މެރިޓައިމް ދާއިރާއިން އެ އުޅަނދުފަހަރަށް އެކަށީގެންވާ ޚިދުމަތްތަކެއް ދެވޭނެ އިންތިޒާމެއް މިހާތަނަށް އެރަށުގައި ޤާއިމްވެފައި ނެތެވެ. އަދި މިފަދަ މެރީނާއެއް ޤާއިމުވުމަކީ ރައްޔިތުން ދެކެމުން އައި ވަރަށް ބޮޑު އުއްމީދެކެވެ.

މިއީ އެރަށުގެ އިޤްތިޞާދަށްވެސް ފައިދާތަކެއް ވާނެ މަޝްރޫޢުއެއްކަން އުލިގަމު ކައުންސިލުން ފާހަގަކުރެއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާ ކައިރީގައި އޮންނަ ރަށަކަށް ވުމާއެކު، އެ ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަކީ ރާއްޖޭގެ މެރިޓައިމް އަދި ޓޫރިޒަމް ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފާއިތުވި ފަސް ދުވަހުގެ ތެރޭ މާލޭ ވިޔަފާރި ބަނދަރުން 14،790 ބިސް ކޭސް ކްލިއާކޮށްފި

mpl

އިމްޕޯޓަށް ކުރި ހަރަދު 28.8 އިންސައްތަ މަތިވެއްޖެ

MPL

އެމްޕީއެލުން މިދިޔަ ހަފުތާގައި އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާކުރި

HPnJ83IbcAA8EFG

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭގޮތުން ލޮރީ ޑްރައިވަރުންނާއެކު މަޝްވަރާކޮށްފި