ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުއަގުގައި ލޭންޑިން ކްރާފްޓު ގަތްކަމަށް ބުނެ ދެކެވޭ ވާހަކަ ފަހުމީ ދޮގުކުރައްވައިފި

Mwsc md
TTH_Ads
STO_Ads
Maldivian_Ads
Advertisement

ނުއަގުގައި އެމްޑަބްލިޔުއެސްސީން ލޭންޑިން ކްރާފްޓެއް ގަތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދޮގުކުރައްވައިފައެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ކުންފުނިން 17 މިލިއަން ރުފިޔާ (އަސްލު އަގު 900،000ރ) އަށް ސެކަންޑް ހޭންޑް ލޭންޑިން ކްރާފްޓެއް ގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެފަދަ އެއްވެސް އުޅަނދެއް އެމްޑަބްލިޔުއެސްސީން ގަނެފައިނުވާނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރަކު އިސްތިއުފާ ދެއްވީ، ފަލާހުގެ ކުންފުނިން ދެވަނަ ލޭންޑިން ކްރާފްޓެއް ގަތުމާ ދެކޮޅުވުމުން ކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ފަހުމީ ދޮގުކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ، ބޯޑު މެންބަރު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާހުރެ ކަމަށެވެ.

HajjCop_ads
Advertisement

ފަހުމީ އިތުރަށް ވިދާޅުވީ އެމްޑަބްލިޔުއެސްސީން ޑިއު ޕްރޮސެސްގައި ދެފުށްފެންނަ ގޮތަކަށް އަމަލުކުރުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި އެ ކުންފުންޏަށް ކޮށްފައިވަނީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި އެއީ ހެކި ނެތި ކުރެވިގެންވާނެ ކަންކަން ނޫންކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައިވާ ގޮތުން 17 މިލިއަނަށް ލޭންޑިން ކްރާފްޓު ގަތުމަށްފަހު އެމްޑަބްލިޔުއެސްސީން ވަނީ 1.8 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްގެން އެ ލޭންޑިން ކްރާފްޓު މަރާމާތުކޮށްފައެވެ

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ChatGPT Image Aug 22, 2026, 01 31 23 PM

މާލެ ސަރަހައްދުގައި ބިމުގެ ދަތިކަން އުޅޭތީ ކަނޑުގެ އަޑީގައި ފެން ޕްލާންޓެއް ބެހެއްޓުމުގެ ދިރާސާ ފަށައިފި

88887

މާލޭގެ ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް 20،000 ލީޓަރުގެ ތާންގިއެއް ބަހައްޓަނީ

MWSC

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމާ ކެއާ ސެންޓަރުގެ އައު ހޮޓްލައިން ނަންބަރު 1575 ތައާރަފްކޮށްފި

MNDF

އެމްޑަބްލިޔުއެސްސީގެ އިސްވެރިންނަށް ޚާއްޞަ ލީޑާޝިޕް ވޯކްޝޮޕެއް ގިރިފުށީގައި އެމްއެންޑީއެފުން ބާއްވައިފި