ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއެސްސީ ފެންވަރުގައި ޤުރްއާން މާއްދާގެ އިމްތިހާނު މިއަހަރު 10 ސްކޫލެއްގައި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސެކަންޑްރީ ސްކޫލް ސެޓިފިކެޓް (އެސްއެސްސީ) ފެންވަރުގައި ޤުރްއާން މާއްދާގެ އިމްތިހާނު ޕައިލެޓް ކުރުމުގެ ގޮތުން މިއަހަރު 10 ސްކޫލެއްގައި ކުރިއަށް ގެންދަން ކަނޑައަޅައި، އަންނަ އަހަރު ހުރިހާ ސްކޫލެއްގައި އެ އިމްތިހާނު ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި އަހަރު ޕައިލެޓްކުރާ އިމްތިހާނު ބާއްވާނީ ދެވަނަ ޓާމުގެ އިމްތިހާނު ނިމި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާއެވެ.

ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތިހާނު ބާއްވާނެ ގޮތުގެ އުސޫލު އެކުލަވާލާއި ތައުލީމާ ބެހޭ ވުޒާރާއިން ވަނީ އެކަމާ ގުޅުން ހުރި ސާލިއުލާއަކާއި އުސޫލު ސްކޫލްތަކަށް ޖުލައި މަހުގެ 22 ވަނަ ދުވަހު ފޮނުވާފައެވެ.

HajjCop_ads
Advertisement

ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތީހާނު ބާއްވާނެ ގޮތުގެ އުސޫލުގައި ބުނެފައިވާ ގޮތުން ސާނަވީ މަރުހަލާ ނިންމާ ކޮންމެ ދަރިވަރަކަށް ވެސް ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މިންވަރު ހާސިލުވާކަން ކަށަވަރު ކުރުމަށް، ދަރިވަރުގެ ފެންވަރު ވަޒަންކުރަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެސްއެސްސީ ޤުރްއާން މާއްދާގެ އިމްތިހާނު ޕައިލެޓް ކުރުމަށް ކަނޑައަޅާފައިވާ ސްކޫލުތަކުން އެ އުސޫލާ އެއްގޮތަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހާ ކަންކަން އިމްތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ސާކިއުލާގައި އެދިފައިވެއެވެ.

ތައުލީމީ ވުޒާރާއިން ބުނެފައިވަނީ، ޤުރްއާން މާއްދާ އުނގަންނައިދިނުމުގެ ތަސައްވުރަކީ، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވައި، ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަމަށް ލިބެނިބި ފަރުދަކު ބިނާކުރުމެވެ. އިމްތިހާނު ކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ، ގުރޭޑް 10 ނިންމާ ދަރިވަރުންނަކީ ޤުރްއާން މާއްދާ އުނގެނުމުގައި ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މިންވަރު ހާސިލުކޮށްފައިވާ ދަރިވަރުންކަން ވަޒަންކޮށް ކަށަވަރު ކުރުމެވެ. މިގޮތުން، ގުރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީ ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން އެނގޭ ދަރިވަރެއްކަން ޔަގީންކުރުމާއި އެކަނި ނަމާދުކުރާ ހާލަތްތަކުގައި ކުށް ނުޖެހި ރަނގަޅަށް ޤުރްއާން ކިޔަވަން ފަރިތަ ދަރިވަރުން އުފެއްދުމާއި ދަރިވަރުންގެ ހިތްތަކުގައި ކީރތި ޤުރްއާނުން މިންވަރެއް ރައްކާތެރިކުރުމާއި މާތް ﷲގެ ފޮތަށް ލޯބިޖެހި ދުނިޔެއައި އާހިރަތް ހެޔޮ ގޮތުގައި ހޯދުމަށް މަސައްކަތްކުރުވުމެވެ.

ޤުރްއާން އިމްތިހާނު ކުރިއަށް ގެންދަނީ ކިޔެވުމުގެ ބަޔާއި އިމްތިހާނު ކަރުދާހުގައިދޭ ބައެކެވެ. ކިޔެވުމުގެ ބައިގައި ކުރިއަށް ގެންދަނީ ބަލައިގެން ކިޔުމާއި ނުބަލައި ކިޔުމެވެ. އިމްތިހާނު ކަރުދާސް ބަހާލާފައި ވނީ ދެބަޔަކަށެވެ. އެއީ އުލޫމުލް ޤުރްއާނާއި ތަޖުވީދުގެ ބައެވެ.

ބަލައިގެން ކިޔުމާއި ނުބަލައި ކިޔުމުގެ ބައި ކުރިއަށް ގެންދަން ކަނޑައަޅާފައި ވަނީ އެސްއެސްސީ އިމްތިހާނު ފެށުމުގެ އެއް ހަފުތާކުރިންނެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން، މި އިމްތިޙާނުގައި މާސްކްދޭ ގޮތަށް ބަލާއިރު، 50 އިންސައްތަ ކަނޑައަޅާފައި ވަނީ ބަލައިގެން ކިޔެވުމަށެވެ. 25 އިންސައްތަ ނުބަލައި ކިޔެވުމަށް އުލޫމުލް ޤުރްއާނަށް 10 އިންސައްތަ ތަޖުވީދަށް 15 އިންސައްތަ ކަނޑައަޅާފައިވެއެވެ.

ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތިހާނު ބާއްވާނެ ގޮތުގެ އުސޫލުގައި ބުނެފައިވާ ގޮތުގައި، އެ އިމްތިހާނުން ފާސްވާ ދަރިވަރުންނަށް އެސްއެސްސީ އިމްތިހާނުގެ ސަނަދު ދޭނެ ކަމަށާއި އެއީ ގައުމީ ފެންވަރުގެ ސަނަދެއްކަމަށެވެ. އިމްތިހާނުގެ ނަތީޖާ ބަލާނީ ފާސް/ފޭލް މިންގަނޑުންނެވެ. އެ މިންގަނޑު ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކަނޑައަޅާ ތްރެޝްހޯލްޑްގެ މައްޗަށް ބިނާކޮށެވެ.

ތައުލީމީ ވުޒާރާއިން ބުނެފައިވަނީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގައި ޤުރްއާން މާއްދާގެ އިމްތިހާނުން ދަރިވަރަށް ލިބޭ ނަތީޖާ ހިމެނޭނެ ކަމަށެވެ.

ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތީހާނު ބާއްވާނެ ގޮތުގެ އުސޫލަށް ހުރިހާ ސްކޫލުތަކުން އަމަލުކުރަން ފަށާނީ އަންނަ ދިރާސީ އަހަރުން ފެށިގެންނެވެ. މި އަހަރު މި އިމްތިހާނު ޕައިލެޓް މަރުހަލާގައި ވެސް އަމަލު ކުރާނީ މި އުސޫލަށް ކަމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޕެއިންގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް

ނޯޔާއަށް މިޝަން ޝާކްތީސެޓްގެ 2ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ

އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި

university

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި