ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަޕްލައި ދޯނި “ފްރެންޑް ހަތަރެއް” އަޑިއަށް ދިޔަ ހާދިސާގައި ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް، ދެ ހަފުތާ ފާއިތުވިއިރު ވެސް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

މި މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު ފަސްވަނަ ދުވަހުގެ ރޭ ލިބުމުން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނުގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި، ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ.

ބައެއް މީޑިއާއަށްތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ، ވަޔާއި ކަނޑުގެ މަގުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މިހާތަނަށް ބެލުނު ސަރަހައްދުތަކުގެ ތަފުސީލެއް ނުދެއެވެ. ދޯނި އަޑިއަށް ދިޔައީ 1،600 މީޓަރަށްވުރެ ފުނަށް ކަމަށްވުމުން، ޑައިވަރުންނަށާއި އަސްކަރީ ސަބްމެރިންތަކަށް ވެސް އެ ފުންމިނަށް ނުފޯރޭތީ، ގެއްލުނު މީހުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ގެއްލުނު ސާޖަންޓް ނާފިޢުގެ މައިންބަފައިންނާ ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ. މި މަހުގެ 12 ވަނަ ދުވަހު ދެ ބޭފުޅުން ވަނީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނާ ވެސް ބައްދަލުކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HTzaq7zbwAAbvQp

ވަޞީލަތްތައް އިތުރުކުރުމާއެކު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތައްޔާރު: ދިފާޢީ ވަޒީރު

ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅުނު މަސްބޯޓެއް އަތުލައިގެންފި

hulhumale

ހުޅުމާލެއިން ގެއްލުނު ފަތުރުވެރިޔާ ހޯދަމުން ދަނިކޮށް ފެނިއްޖެ

ބްރިޖަށް އުރުނު ދެ ބޯޓް އަޑިއަށް ހިނގައްޖެ