ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ފުލުހުންނަށް ކުރިއަށްގެންދިޔަ ބްލޫސް ރީ ޓްރެއިނިންގ ޕްރޮގްރާމު ނިންމާލައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނަށް ކުރިއަށްގެންދިޔަ “ބްލޫސް ރީ ޓްރެއިނިންގ ޕްރޮގްރާމް” ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހްއެވެ. މި ރަސްމިއްޔާތުގައި ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ބައިވެރިވެލެއްވިއެވެ.

މި އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމް، ހުޅުމާލޭގައި މަސައްކަތްކުރާ 25 ފުލުހުން ފުރިހަމަކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސުލޫކީ މިންގަނޑުތައް، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އޭއައި، އޮޕަރޭޝަނަލް ޕޮލިސިންގ، ސީނާރިއޯ ބޭސްޑް ޓްރެއިނިންގ، ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޒަމާނީ ފުލުހުންގެ ހިދުމަތަށް އަންނަ ބަދަލުތަކަށް އޮފިސަރުން އަހުލުވެރިކުރުވައި، އިލްމާއި، ސުލޫކީ މިންގަނޑުތަކާއި، ލީޑަރޝިޕް އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ތިއަރީ ސެޝަންތަކާއި، އަމަލީ ތަމްރީނުތަކާއި، ސިނާރިއޯތަކަށް ބިނާކޮށް ކުރިއަށްގެންދިޔަ ތަމްރީނުތަކާއި ކޭސް ސްޓަޑީޒް މެދުވެރިކޮށް، ޒިންމާދާރު އަދި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ބޭނުންވާ މުހިންމު ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރު އިޙްސާން އަދި ސީޕީ ބައްދަލުކުރައްވައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އދ. ފެންފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

ސައިބަރ ކްރައިމް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި