ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއަރޕޯޓު ޑިވެލޮޕްމަންޓު ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ

macl velana airport
STO_Ads
TTH_Ads
Advertisement

ފުރަތަމަ 7 މަސްދުވަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ދަނީ ނަގަމުންނެވެ. އެއީ ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

މީރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ 7 މަސްދުވަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %14.4 އިތުރު އަދަދެކެވެ. ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 7 މަސްދުވަހު ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. މިއީ %14.5 އިތުރުވުމެކެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 7 މަސްދުވަހު ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. މިއީ %14.4 އިތުރު އަދަދެކެވެ.

HajjCop_ads
Advertisement

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން “ޑައިރެކްޓް ޓްރާންސިޓް” ފަސިންޖަރުން ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakaathu house

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 97 މިލިޔަން ރުފިޔާ ލިބިފައިވޭ

HJBJN

ޓެކްސް ކޮމިޝަނަރގެ މަޤާމަށް އަމީޒާ އައްޔަންކުރައްވައިފި

mira

އާމްދަނީން ނަގާ ޓެކްސް ގޮތުގައި 3.6 ބިލިޔަން ރުފިޔާ

Mira

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި