ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

mira
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖޭގެ ޓެކުހާ ގުޅޭ ކުށާއި އަދަބުތައް އިސްލާހުކުރުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހެޅި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި އިސްލާހުތައް ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޓެކްސް ބަޔާން ހުށަނާޅާ ހާލަތްތަކުގައި، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމުގެ އިޚުތިޔާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމާއި، އެކަމާ ގުޅޭ އުޞޫލުތައް ޤާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ. މީގެއިތުރުން، މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙުޤީޤުތަކުގެ އިޖުރާއަތުތައް ހަރުދަނާކުރުމާއި، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ހޯދުމުގައި މީރާއަށް ލިބިދޭ ބާރުތައް މުރާޖާކޮށް، ޓެކްސް ނިޒާމު ހިންގައި ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަކީވެސް މި އިސްލާހުގެ މުހިންމު ބޭނުމެއްކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

HajjCop_ads
Advertisement

މި އިސްލާހުގެ ދަށުން، ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު، ކުރިން ބަންޑާރަނައިބަށް އޮތް ނަމަވެސް، މިހާރު ވަނީ ސީދާ މީރާއަށް ދީފައެވެ. އަދި ޓެކުހާ ގުޅޭ އެކި ކުށްތައް އިތުރަށް ތަފްޞީލުކޮށް، އަދަބުތައް ބޮޑުކުރުމުގެ އިތުރުން، މިހާރު ޤާނޫނުގައި ނުހިމެނޭ ބައެއް ކަންކަން އަލަށް ކުށުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ބިލަށް ވަނީ ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ އެ އޮފީހުގެ އަމުރެއްގެ ދަށުން މަސައްކަތްކުރާ ފަރާތެއްގެ މަސައްކަތަށް ހުރަސްއެޅުމާއި، ބާރުގެ ބޭނުންކުރުމާއި، ރިޝްވަތު ދިނުމާއި، އަނގަބަހުން ނުވަތަ ލިޔުމުން ބިރުދެއްކުން ފަދަ ކަންކަން ކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ. އަދި މިފަދަ ކުށެއް ކުރާ ފަރާތެއް 200،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން، ޓެކުހާ ގުޅޭގޮތުން ލިބޭ ސިއްރު މައުލޫމާތުތައް ހިފެހެއްޓުމާ ގުޅޭ އުސޫލުތައްވެސް ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، ޤާނޫނު ހުއްދަކުރާ މިންވަރަށް ފިޔަވައި އެހެން މައުލޫމާތުތަކުގެ ސިއްރުކަން ދަމަހައްޓަންޖެހޭނެ ކަމަށާއި، ނަމަވެސް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގާ ޝަރީއަތަކަށް މައުލޫމާތު ހާމަކުރުމަށް މި މާއްދާ ހުރަސްނާޅާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަކީ ސިއްރު ހިފެހެއްޓުމާ ހިލާފު ކަމެއް ނޫން ކަމަށްވެސް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި

azeez jamal information commissioner

އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒް ޢައްޔަންކުރަން ރުހުންދީފި

Majlis

ދެވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް

islands

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާގުޅޭ ބިލު މަޖިލީހުން ފާސްކޮށްފި