ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

1.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

finance
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އިތުރު 1.2 ބިލިއަން ރުފިޔާގެ ޓީ ބިލް ގަންނާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި މި ފަހަރު ހުޅުވާލީ، ތަފާތު ހަތަރު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ޓީ-ބިލްތަކެކެވެ.

އެގޮތުން ސެޕްޓެމްބަރު 21 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ އެއް ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި ނޮވެމްބަރު 30 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 100 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.

HajjCop_ads
Advertisement

އޭގެ އިތުރުން އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 20 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ އޮގަސްޓް 23 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 126 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެއެވެ.

މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓްތައް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.

މި އަހަރުގެ ބަޖެޓުގެ ހަަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ވަނީ މިއަހަރުގެ އެކި މުއްދަތުގައި ޓީ-ބިލް ވިއްކައިފައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ވެސް ވަނީ 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފައެވެ.

ސަރުކާރުން ވިއްކާ ޓީ-ބިލްތައް އާންމުކޮށް ގަންނަނީ ރާއްޖޭގެ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SME digital

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ވިޔަފާރި ފަށަން ޚާއްޞަ ފަންޑެއް

އޭޑީބީއާއެކު 50 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް

finance

އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

finance

ސޮވެރިން ފަންޑު 1.2 ބިލިޔަން ރުފިޔާއަށް