ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ ހެލްތު ކެއަރއިން ސްކޭން މޮޑެލްތަކެއް ތަޢާރަފްކޮށްފި

TTH_Ads
STO_Ads
Advertisement

އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ “ޖީއީ ހެލްތު ކެއަރ” އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، “ވީ ސްކޭން” މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާގައި މިޑިވައިސް ތަޢާރަފްކޮށްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމާއި، ޖީއީ ހެލްތު ކެއަރގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.

އެސްޓީއޯއިން ވިދާޅުވީ، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމުތަކުން ނިކުމެ ބަލިމީހާއާ ވީހާވެސް ކައިރިން ޚިދުމަތްދިނުމުގައި މިޑިވައިސް ބޮޑު ދައުރެއް އަދާކުރާނެކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މިޚިދުމަތް ފުޅާކުރުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށް އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ވިދާޅުވެއެވެ.

HajjCop_ads
Advertisement

މިމޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑް ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް ޑީކޮމް ސްޓޭންޑަޑްގައި ޝެއަރ ކުރެވޭނެއެވެ.

އެސްޓީއޯއިން ވިދާޅުވީ ސްކޭން މެޝިން ބްރޭންޑުތަކުގެ ތެރެއިން ޖީއީ ހެލްތު ކެއަރއަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެއްކަމަށެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އެސްޓީއޯއެވެ. އަދި މިބްރޭންޑުގެ މެޝިނަރީސްގެ އާފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުންވަނީ ޖީއީ ހެލްތު ކެއަރގެ ކޮންމެ މޮޑަލިޓީއަކަށް ޚާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފައެވެ. އެގޮތުން އެމްއާރުއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު، މިޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެސްޓީއޯއިންވަނީ ފާހަގަކުރައްވާފައެވެ.

އެސްޓީއޯއިން އަލަށް ތައާރަފްކުރި މިޑިވައިސް އަކީވެސް ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިދާއިރާއަށް ޚާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭޑީބީއާއެކު 50 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް

WhatsApp Image 2026 08 10 at 23.36.18

ދުނިޔެއަށް ކުރިމަތިވި ކްރައިސިސްތަކުގެ ތެރެއިން އިގްތިސޯދަށް އެންމެ ގޮންޖެހުން ބޮޑުވި ދުވަސްވަރަކީ މިއީ: ޝިމާދު

Original

އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން

STO

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ