ނ. ޅޮހީ ޕޮލިސް ޕޯސްޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންކްރީޓުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ޅޮހީ ޕޮލިސް ޕޯސްޓުގެ މަސައްކަތް ތާވަލުކުރެވިފައިވާ ދުވަހަށް ނިންމުނަށް އަންނަނީ ހަލުވި ދުވެލީގައި މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި ވަނީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފައެވެ. މީގެއިތުރުން ފުލުހުންގެ މަރުކަޒުތައް ނިންމާ ހުޅުވަމުން އަންނަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.








ކިޔުންތެރިންގެ ހިޔާލު