ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޅޮހީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާައި އައުޓްޑޯ ޖިމުގެ ބިންގާ އަޅުއްވައިފި

TTH_Ads
STO_Ads
Advertisement

ނ.ޅޮހީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓް-ޑޯ ޖިމުގެ ބިންގާ މިއަދު އަޅުއްވައިފިއެވެ.

ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅޮއްސަށް އެމަނިކުފާނު ވަޑައިގެންނެވީ މިއަދުއެވެ. މިއަދު ޅޮހީގައި އޮތް ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއު އަމަލީ ގޮތުން ފައްޓަވަައިދެއްވައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި އެކަށީގެންވާ މިންވަރަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.

HajjCop_ads
Advertisement

ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ފިޓްނަސް ސެންޓަރުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، އަންހެން ބޭފުޅުންނަށް ކަސްރަތު ކްލާސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރަމުންދާއިރު، ދާދިފަހުން އެ ވުޒާރާއިން ވަނީ ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި ހުރިހާ މަޝްރޫއެއްވެސް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ.

ނ.އަތޮޅަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގައި ވަޑައިގެންނެވި ހުރިހާ ރަށެއްގައިވެސް އައު މަަޝްރޫއުތައް ފައްޓަވާފައިވެއެވެ. ގިނަ ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ބިންގާ އަޅުއްވައިދެއްވިއެވެ. ބައެއް ރަށްރަށުގައި ބިން ހިއްކުމާއި ހޮސްޕިޓާ ފަދަ އުމްރާނީ ވަސީލަަތްތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމަނިކުފާނު ފައްޓަވައިދެއްވާފައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު