ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާން ޓަވަރުތަކުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް އެފްޑީސީ އިން ނިންމައިފި

hulhumale
TTH_Ads
STO_Ads
Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވަނީ، މިހާރު ކުރިއަށްދަނީ ހަރުކުރެވުނު ސީސީޓިވީ ކެމެރާތައް ފުރިހައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށް ޓަކައި ޓެސްޓުތައް ހެދުމުގެ މަރުހަލާ ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ކައިރިއަށް ކުނިއަޅާ މީހުން ހޯދުމުގެ ގޮތުން، އެ ސަރަހައްދުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަން އެފްޑީސީއިން އިއުލާނުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަމާން ޓަވަރުތައް ކައިރިޔަށް ކުނި އަޅާ މައްސަލަ ބޮޑުވެފައިވާއިރު، އެކަމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ދަތިތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

HajjCop_ads
Advertisement

އަމާން ޓަވަރުތައް ހުންނަ ސަރަހައްދު ސާފުކުރުމުގެ ގޮތުން އެފްޑީސީން “ފަހި ސާފުވެށި” ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން 2025 އިން 2026 އާ ހަމައަށް ހިންގި ހަރަކާތްތަކުގައި ޖުމްލަ 5,040 ޓަނުގެ ކުނި އުކާލާފައިވާއިރު، މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެފްޑީސީއިން ވަނީ، ހަރުކުރެވުނު ކެމެރާތަކުގެ އެހީގައި ކުނިއަޅާ މީހުން ވަގުތުން ދެނެގަނެވޭނެ ކަމަށާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

އެ ކުންފުނިން ވަނީ، މިއީ އެ ސަރަހައްދަކީ ސާފުތާހިރު އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު

446765 3 b5f4426cdd1d4016712d1bde80f37bc2665dc509

ފަހި ފްލެޓުތައް ކައިރިން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި

hulhumale

އެފްޑީސީގެ ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު

hulhumale

އެފްޑީސީ ފްލެޓްތައް ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ތާރީހެއް ދީފި