ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތީމު ގަނޑުވަރު އަލުން އާންމުންނަށް ހުޅުވާލައިފި

TTH_Ads
STO_Ads
Advertisement

ހއ. އުތީމުގައި ހުންނަ ތާރީޚީ އުތީމު ގަނޑުވަރުގެ އާބާތުރަފިލުވުމުގެ މަސައްކަތްތައް އެއްކޮށް ނިންމައި، މިއަދު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި، މިއަދުން ފެށިގެން އުތީމު ގަނޑުވަރު ބަލައިލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ. އެގޮތުން ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ގަނޑުވަރު ހުޅުވާފައި ހުންނާނެކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި ގަނޑުވަރަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:15 އިން މެންދުރުފަހު 13:30 އަށެވެ.

އުތީމު ގަނޑުވަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަތަލު، އަދި ޤައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ހަނދާންތަކާ ގުޅިފައިވާ އެންމެ މުހިންމު އެއް ތާރީޚީ ބިނާއެވެ.

HajjCop_ads
Advertisement

މި ތާރީޚީ ގަނޑުވަރަކީ ގިނަ އަޖައިބުތަކަކާއިހާއްސަ ސިފަތަކެއް އެކުލެވިގެންވާ ތަނެކެވެ. އޭގެ ތެރޭގައި މަރިޔާދުގޭ ދެކުނު ފަރާތުގައިވާ ނުހުޅުވޭ ދޮރުކޮޅާއި، ފެންމީރު ލެއްގި ވަޅުކޮޅުގެ އިތުރުން، ބޭރުގެ މަންޒަރުތައް އެކޮޅުކޮޅުން ކުލަކޮށް ފެންނަ ހާއްސަ ފޮތިގަނޑު ހިމެނެއެވެ.

އުތީމު ގަނޑުވަރަކީ ދިވެހި ތާރީޚާއި ސަޤާފަތް ދައްކުވައިދޭ މުހިންމު ތަރިކައެކެވެ. މިއީ ދިވެހިންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންގެ މެދުގައިވެސް ނުހަނު ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ތާރީޚީ މަންޒިލެކެވެ. މި ބިނާގެ އާބާތުރަފިލުވައި ރައްކާތެރިކުރުމަކީ ދިވެހި ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

utheemu council

އުތީމުގެ ތަރައްގީއާ ގުޅުންހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި

469652 34ceb1d3 7 (1)

އުތީމުގައި ތަރައްޤީކޮށްފައިވާ ތާރީޚީ “ވާހަކަ ވައު” ރައީސް ހުޅުއްވައިދެއްވައިފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ހަވާ އަރުވައިފި

ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ފަށައިފި