ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

HP61BjkbcAAregM
TTH_Ads
STO_Ads
Advertisement

ހައްދުންމަތީ މާވަށުގެ ބިންހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

އެރަށުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމީ 15 ހެކްޓަރުގެ ބިން ހިއްކާށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އިތުރު 15 ހެކްޓަރު އިތުރުކޮށްދެއްވާ، ޖުމްލަ 30 ހެކްޓަރުގެ ބިން މާވަށުގައި ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައެވެ. އެމްޓީސީސީން ބުނީ މާވަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިފައިވާކަމަށެވެ.

އާބާދީގައި 2200 މީހުން ދިރިއުޅެމުން އަންނަ ލ.މާވަށަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ރަށު ކައުންސިލުން ވިދާޅުވާ ގޮތުގައި އެރަށުގައި އެއްވެސް ކަމަކަށް ދޫކުރާނެ ބިމެއް ނެތެވެ. ދިރިއުޅުމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރުކުރިންކަމަށް ކައުންސިލުން ވިދާޅުވެއެވެ.

HajjCop_ads
Advertisement

މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ދާޅުވީ މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 15 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާފައިވާކަމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ 15 ހެކްޓަރުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން އެސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްފަހު އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެސަރަޙައްދުގައި ކުރިއަށްގެންދިޔުމަށެވެ. އެގޮތުން އެންމެފަހުން ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އަލަށް ހިއްކާ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށާއި އެސަރަޙައްދުގައި ބޮޑު ފުޓުބޯޅައަށް ޚާއްސަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫޢު އެއްކޮށް ނިންމާލާއިރު އެސަރަޙައްދުގައި މާވަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

63882cad 8d1b 4408 bc88 feba170b1dde

އދ.ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 08 18 at 11.29.35

މާކުރަތު ބަނދަރު ބޮޑުކުރުމުގެ %60 މަސައްކަތް ނިމިއްޖެ

Taxi

ޓެކްސީ ލައިން އެޕްލިކޭޝަންގެ މަޢޫލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

WhatsApp Image 2026 08 17 at 09.11.58

ތުޅާދޫ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ ފުޓިންގތަކާއި ޓައި ބީމް ރީބާގެ މަސައްކަތްތައް ނިންމާލައިފި