ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް އެމްއެމްއޭއިން މަޖިލީހަށް ކިޔާދީފި

MMA
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިސްނަގައިގެން އިގްތިސާދީ ހާލަތާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ބެހޭ ގޮތުން ގަވަރުނަރު އަހުމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވައިފި އެވެ.

މި މައުލޫމާތު ހިއްސާކޮށްފައި ވަނީ އިއްޔެ މެންދުރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު، ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތައް ފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ %20 މާރުކުރުމުގެ އިހުތިޔާރު ލިބިދީފައިވެއެވެ. އަދި މި އުސޫލު ބަދަލު ކުރަން ކުރިން ވަނީ ބައެއް ޓޫރިޒަމް ޖަމިއްޔާތަކުންވެސް ލަފާ ދީފައެވެ. އެހެންވެ އެމްއެމްއޭއިން ވަނީ މިއުސޫލު ބަދަލުކޮށް ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަންޖެހޭ އުސޫލު އުވާލަައިފައެވެ. އޭގެ ބަދަލުގައި މިހާރު ލާޒިމުކޮށްފައިވަނީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 މާރުކުރާ ގޮތަށެވެ.

HajjCop_ads
Advertisement

މިއީ ޓޫރިޒަމް ދާއިރާއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ ނިސްބަތް އެއްހަމައެއްގައި ހިފެހެއްޓުމަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި އެމްއެމްއޭއިން ދެކެއެވެ.

ޓޫރިޒަމް ދާއިރާގައި ނުހިމެނޭ، ނަމަވެސް ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ޝަރުތަށް މި އިސްލާހުގެ ދަށުން ވަނީ ބޮޑު ލުޔެއް ދީފައެވެ. ކުރިން މިފަދަ ވިޔަފާރިތަކުން ފައިސާ މާރުކުރަން ލާޒިމުވަނީ އަހަރީ އާމްދަނީ 15 މިލިއަން ޑޮލަރަށް އަރާނަމައެވެ. އެހެންނަމަވެސް، މި އިސްލާހާއެކު މި ލިމިޓް ވަނީ 25 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ. މީގެ ސަބަބުން 15 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އާމްދަނީ ލިބޭ ގިނަ ވިޔަފާރިތަކަކަށް ޑޮލަރު މާރުކުރުމުގެ ލާޒިމުކަމުން އިސްތިސްނާވެގެންދާނެއެވެ.

މީގެ ސަބަބުން އެންމެ ބޮޑު މަންފާއެއް ކުރާނީ ދިވެހި ކުންފުނިތަކަށެވެ. ދިވެހި ކޮންޓްރެކްޓަރުންނާއި ދިވެހިންނަށެވެ، މީގެ އިތުރުން ގެސްޓްހައުސްތަކުން މާރުކުރުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ މައުލޫމާތުވެސް ގަވަރުނަރު ވަނީ މާލިއްޔަތު ކޮމިޓީ އާއި ހިއްސާކޮށްފައެވެ.

މިދިޔަ އަހަރުވެސް އެމްއެމްއޭއިން އިސްނަގައިގެން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ވަނީ ހިއްސާކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

މިިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 221.8 މިލިޔަން ޑޮލަރު

ކައުންސިލް ބިންތައް ސަރުކާރަށް ނެގޭ އިސްލާހު ގެންދަން ގޮވާލި ޕެޓިޝަން އެޖެންޑާކުރަން ފާސްކޮށްފި

tourist arrival

ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

MMA

ޖުލައި މަހު ވިއްކި ޑޮލަރު %172 މައްޗަށް