ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފިއެވެ.

ބާރަށުގެ ކުނި މެނޭޖުކުރުން ވެމްކޯއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ޝިނާންއެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް ޢަލީ ޝަމީމެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވެމްކޯގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ޝިނާން ވިދާޅުވީ، މި އެއްބަސްވުމަކީ ހއ. ބާރަށުގައި ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށުމުގެ އެންމެ ފުރަތަމަ އެއް މަރުހަލާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
ރިއަށް އޮތްތަނުގައި އަޅުގަނޑުމެން ބާރަށުގައި ކުނި މެނޭޖުކުރުމުގެ ކަންތައްތައް ކައުންސިލާއި ގުޅިގެން ރާވައިގެން ކުރިއަށް ގެންދެވޭނެ. މިރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މި ބެލެވެނީ ކުރިއަށް އޮތްތަނުގައި.

އަބްދުﷲ ޝިނާން ވިދާޅުވިއެވެ.

ބާރަށު ކައުންސިލުގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ، މީގެކުރިން އެ ރަށުގައި ކުނި މެނޭޖުކުރުމަކީ ކައުންސިލަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެންމެ އެކަށޭނަ ވަސީލަތްތަކާއި ބަޖެޓު ނެތުމުގެ ސަބަބުން އެކަން ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުނި މެނޭޖްކުރުން ވެމްކޯއާހަވާލުވެގެން ދިއުމަކީ ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

ވެމްކޯ މިކޮޅަށް އައުމުން ލިބޭ އަނެއް ކުރިއެރުމަކީ، މުޅި ރަށުގެ ކުނި މެނޭޖުކުރުމުގެ ކަންތައް އެ ބޭފުޅުން ކުރިއަށް ގެންދާނީ. ދެން އޭގެ އިތުރަށް އިޖުތިމާއީ ސަރަހައްދުގައާއި ކަންކަންވެސް ބަލަހައްޓާނީ އެބޭފުޅުން. ހުރިހައި ގެއެއްގައި އުފެދޭ ކުނި ނައްތާލާނީ އެބޭފުޅުން. ސަސްޓެއިނަބަލް ގޮތެއްގައި މިކަން އެންމެ ރަނގަޅަށް ކުރެވޭނެ ބަޔަކީވެސް އަޅުގަނޑު ޤަބޫލުކުރަނީ ވެމްކޯކަމަށް.

ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި އެއްބަސްވުމާއިއެކު ބާރަށުގައި ކުނި މެނޭޖުކުރުމުގެ ހުރިހައި ކަމެއްވެސް ކުރާނީ، ވެމްކޯގެ ފަރާތުންނެވެ.