ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ %55 ނިމިއްޖެ

Big Py5HpxFvLzT5FE76piBbQIL5w
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 55 އިންސައްތަ ހިއްކާ ނިމިއްޖެއެވެ.

ބިނާރާއި ގެދޮރުވެރިކަމާ އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ބުނީ މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 556.54 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިއީ، މުޅި މަޝްރޫޢުގެ %55.16 މަސައްކަތެވެ.

ރަސްމާލެ މަޝްރޫޢަކީ، ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

HajjCop_ads
Advertisement

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކައެވެ.

ބޯހިޔާވަހިކަން އެންމެންނަށް” މި ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓެންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތްވެސް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. މާސްޓަރ ޕްލޭންގެ ދަށުން ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް ކުރުމާއި، ޔުޓިލިޓީގެ ޚިދުމަތުގެ ޕްލޭނާއި، ދަތުރުފަތުރާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ އެކްސިސިބިލިޓީއަށްވެސް ބަލާނެއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސް ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ، މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rasmale

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަނީ

IMG 20260521 221248

ރަސްމާލެ ހިއްކުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ: ރައީސް

ރަސްމާލެ މަޝްރޫޢުގެ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ ފުރަތަމަ ސައިޓުގެ މަސައްކަތް ނިމުމަކާ ގާތަށް