ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުން އަންނަ ދެ ޤައުމުކަމަށް ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް މިޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްވަނީ އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.

ރާއްޖެއާއި އިންޑިއާއަކީ ގާތް އަދި ޒަމާންވީ ރަޙުމަތްތެރިކަމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް އިންޑިއާއަށް ދެމެހެއްޓެނިވި އަމާންކަމާއި، ކުރިއެރުމާއި، ބާއްޖަވެރިކަމަށް އެދޭކަމަށް ނައިބު ރައީސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު އިޝްތިހާރު

އިންޑިއާގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަހަކީ 1947 ވަނަ އަހަރުގެ އޯގަސްޓް މަހު އިނގިރޭސީންގެ އިސްތިއުމާރު ނިމުމަކަށް އައިސް، އިންޑިއާއަށް މިނިވަންކަން ލިބުން ފާހަގަކުރާ ދުވަހެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.