ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ދުވަސް ހިތްވަރުދެނީ ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށް: ރައީސް

F0a87519 a475 41ff acbb a0097c26db1d
TTH_Ads
STO_Ads
Advertisement

ޤައުމީ ދުވަސް ހިތްވަރުދެނީ ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށް ކަމަށާއި ، ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.

ދިވެހިރާއްޖެ ޕޯޗުގީޒުންގެ އިސްތިޢުމާރަށް ހުށަހެޅުނު ހާދިސާއަށް ރިޢާޔަތްކުރައްވަމުން އެމަނިކުފާނު ވަނީ، ނުވަ ވަނަ ޙަސަން ރަސްގެފާނު އިސްލާމްދީނާއި ދިވެހި ޤައުމަށް ޣައްދާރުވުމުން، އޭރު ސިޔާސީ ޚިލާފުތަކަކާއި ވާދަވެރިކަމެއް ގެންގުޅުއްވި ދެ ލީޑަރުން ކަމަށްވާ ޢަލިރަސްގެފާނާއި އަބޫބަކުރު ރަސްގެފާނު، ޤައުމީ މަސްލަހަތު އިސްކުރައްވައި ޞުލްޙަވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، ޙަސަން ރަސްގެފާނުގެ ޤައުމާއި ދީނާ ދެކޮޅު ވިސްނުމަށް ނޫނެކޭ ވިދާޅުވެ، އޭރުގެ ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުން އިސްކުރެއްވީ ޤައުމީ ވިސްނުމާއި އިސްލާމްދީންކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ދިވެހީންނަކީ އަދި ދިވެހި ކާބަފައި އަޖުދާދުންނަކީ، އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަން، ޤައުމީ ދުވަސް ހެކިކޮށްދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ޤައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށާއި، ޤައުމީ ވިސްނުމާއި ޤައުމީ ރޫޙުން ހިތްތަކަށް ހަމަޖެހުން ގެނައުމަށާއި، އެއް ރޫޙެއްގައި އެއް އަމާޒެއްގައި ގުޅިގެން ދެމިތިބުމަށާއި، ބައިބައިވުންތަކާ ދުރުހެލިވުމަށާއި، ދިވެހީންގެ ރާއްޖެ އަކީ ދިވެހީންނަށްޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހީން ގިރިގެން ގޮސްގެން ނުވާނޭކަމަށާއި، ދިވެހީން ތިބެން ވާނީ، ދިވެހީންގެ ދީނުގައި، ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2915656c 1005 441e a247 99065b30a6d4

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ހަވާ އަރުވައިފި

ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ފަށައިފި

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި