ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފި

2915656c 1005 441e a247 99065b30a6d4
STO_Ads
TTH_Ads
Advertisement

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ. ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި މި އިނާމުތައް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާޞިލުކުރެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގދ. ފަރެސްމާތޮޑާ ފީރޯޒްވާދީ މުޙައްމަދު ޢާމިރު އަޙްމަދާއި، އިމާރާތްކުރުމާއި ފަރުމާކުރުމުގެ ދާއިރާއިން ވ. ވަސްމީރުފިޔަ އިބްރާހީމް ރަޝީދުގެ އިތުރުން ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ގ. ނޫރީފެހި ނަޖުމާ ޙުސައިންއެވެ. އަދި ޞިއްޙީ ދާއިރާއިން މި އިނާމު ލިބުނީ ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ) އަށެވެ. ޝަރަފުވެރިކަމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާޞިލުކުރެއްވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ ދާއިރާއިން ގއ. ދާންދޫ މުޝްތަރީގެ އަލްއުސްތާޛާ ޙައްވާ ލަޠީފާއި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހދ. ވައިކަރަދޫ ދަނބުގެ މުޙައްމަދު ނަޞީރާއި، ދިވެހި ތާރީޚުގެ ދާއިރާއިން ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދާއި، ޞިއްޙީ ދާއިރާއިން މުޙައްމަދު އަޙްމަދުގެ އިތުރުން މުއާޞަލާތާއި އައިޓީގެ ދާއިރާއިން ހއ. އުލިގަން ފަހިވާ އަރުޝަދު އަޙްމަދެވެ. މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ޢާއިޝަތު ނައުރާއާއި، ވިޜުއަލް އާޓްސްގެ ދާއިރާއިން އިސްމާޢީލް ޢަބްދުލްޣަފޫރުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއިން ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްވެސް މި އިނާމު ލިބުނެވެ. ހިތްވަރު ދިނުމުގެ އިނާމުގެ ގޮތުގައި ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ދިވެހި ފުޓްބޯޅައަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ހަވާ އަރުވައިފި

ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ފަށައިފި

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމު ރައްޔިތުންނަށް އަރުވައިފި