ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވެއްޖެ

469274 41f7268a 2 (1)
STO_Ads
TTH_Ads
Advertisement

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި ފަދައިން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.

އުތީމު މަހާރަދުން ރާއްޖޭގެ މިނިވަންކަމަށް ކުރެއްވި ޖިހާދުގައި ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުންނާއި، އެއަށްފަހު ޙިކުމަތްތެރިކަމާއެކު، ހައްސާސް ދަނޑިވަޅެއްގައި ދާޚިލީ އަދި ޚާރިޖީ ކަންކަން ތަރުތީބުކުރެއްވި ރަސްކަލެއްގެ ހައިސިއްޔަތުން އިސްކުރެއްވި އުސޫލުތަކުން މިސާލު ނަންގަވައި، ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވަނީ މުހިންމު އެތައް ކަމެއް ފާހަގަކުރައްވާފައެވެ.

އެގޮތުން، ދިވެހި ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގެން، އެކަމަށް ބޭނުންވާ ޢިލްމާއި ހުނަރު އެ ތަކުރުފާނުން ހޯއްދަވައިގެން، އެރަދުން ނަމޫނާ ދެއްކެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕޯޗުގީޒު އިސްތިޢުމާރާ ދެކޮޅަށް ކުރެއްވި ޖިހާދަށް ތައްޔާރުވެވަޑައިގެންނެވުމުގައި، ރާއްޖޭގެ ފެތުރިފައިވާ އާބާދީތައް އެއް ޢަޒުމެއްގައި، އެއް ޢަމާޒަކަށް މީޒާންކުރުމަށް އެމަނިކުފާނު ގެންގުޅުއްވި އުސޫލުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، އުތީމު މަހާރަދުންގެ ޚާރިޖީ ސިޔާސަތުގެ ޙިކުމަތުން، ދިވެހިންނަކީ ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަން އިސްކުރާނޭ ބައެއްކަން ސާބިތުކޮށްދެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަނގުރާމަވެރި ވިސްނެވުމެއްގައި އެ ތަކުރުފާނުން ގެންގުޅުއްވި އުކުޅުތަކާއި، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދެއްވުމަށް އެ މަހާރަދުން ދެއްވި އަހުމިއްޔަތުން ފިލާވަޅު ލިބިގަނެވޭނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

469652 34ceb1d3 7 (1)

އުތީމުގައި ތަރައްޤީކޮށްފައިވާ ތާރީޚީ “ވާހަކަ ވައު” ރައީސް ހުޅުއްވައިދެއްވައިފި

BeFunky collage (4)

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސް ތަހުނިޔާ ފޮނުއްވައިފި

469277 c834d1c2 0

ދިވެހި ވެށި، ދިވެހީންގެރާއްޖެ، ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެ: ރައީސް

F0a87519 a475 41ff acbb a0097c26db1d

ޤައުމީ ދުވަސް ހިތްވަރުދެނީ ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށް: ރައީސް