ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ

MNDF
Maldivian_Ads
STO_Ads
TTH_Ads
Advertisement

މުދާ އުފުލާ “ފްރެންޑް 4” ދޯނި ފެތުނު ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިމޭނެ ކަމަށާއި، ނަމަވެސް މިހާތަނަށް އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

މި ހާދިސާގައި ކަނޑަށް ގެއްލިގެން ހޯދަމުންދަނީ އެ ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫންއާއި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދުގެ އިތުރުން ޕޮލިސް ސާޖަންޓް އަލީ ނާފިއުއެވެ. މި މީހުން ގެއްލުނީ ދޯންޏަށް ދިޔަވެގެން ދިޔަހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް ދޯނި ބަންޑުންޖަހާލައި އަޑިއަށް ދިޔަ ވަގުތުގައެވެ.

މި ދޯނި އަޑިއަށް ގޮސްފައިވަނީ ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރަށެވެ. ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި މި ދޯނި ދިޔަވާ ކަމުގެ މައުލޫމާތު ލިބުނީ އޮގަސްޓް 6 ވަނަ ދުވަހުގެ ރޭގައެވެ.

HajjCop_ads
Advertisement

ދޯނި ފެތުނު ވަގުތު އެ ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ކޯސްޓްގާޑުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ ފަޔަރމަނަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ތިން ފަޅުވެރިން ހިމެނެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު މީހުން ހޯދުމަށް ސިފައިން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މި ގޮތުން އިންފްރާރެޑް ސެންސަރު އެކުލެވޭ ޑްރޯން ބޭނުންކޮށްގެން ރޭގަނޑާއި ދުވާލު ވައިގެ މަގުން ސަރަހައްދު ބަލަމުންދެއެވެ.

މީގެ އިތުރުން ކޯސްޓްގާޑު ޝިޕް އިމާދުއްދީނާއި ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ފުލުހުންގެ ލޯންޗުތައް ބޭނުންކޮށްގެން ކަނޑުމަގުން ދަނީ ބޮޑު ސަރަހައްދެއް ބަލަމުންނެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި، އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ ބަލައިފައެވެ.

މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވައިގެ މަގުން 9,920 ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައެވެ. އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލައިފި