ބ. ކަމަދޫގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކާއި އެ ރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ކުށްތަކުން ރައްކާތެރިކުރުވުމަށާއި ހޭލުންތެރިކުރުވުމަށް ކަމަދޫ ޕޮލިސް ޕޯސްޓުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި، ކަމަދޫ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް، ގެސްޓުހައުސް ވިޔަފާރިތަކަށް އަމާޒުކޮށް ސްކޭމްގެ ގޮތުގައި ހިންގަމުންދާ ކަންކަމަށް ހޭލުންތެރިވެ ރައްކާތެރިވެތިބުމަށްކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ގެސްޓުހައުސްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށާއި، ފަތުރުވެރިން ގެންގުޅޭ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ.

އޭގެ އިތުުރުން، ކުށުގެ މާހައުލުގައި އުޅޭ ފަރާތްތަކުން ވަގަށް ނަގައިގެން ވިއްކާ ތަކެތި ނުގަތުމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށާއި، ލައިސަންސް ނެތި އަދި ރަޖިސްޓްރީ ބޯޑު ނުޖަހައި އެއްގަމު އުޅަނދު ނުދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.








ކިޔުންތެރިންގެ ހިޔާލު