ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމް ކުރިއަށް ގެންދަވައިފި

STO_Ads
TTH_Ads
Advertisement

ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027” ގެ ފަސްވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވައިފި އެވެ.

މިއަދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައި އޮޑިޓޯރިއަމް ގައި ކުރިއަށްގެންދިޔަ މި ސެޝަންގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ، ވިޔަފާރި އާއި ލީޑަރޝިޕް ޓްރެއިނިންގ އާއި އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ވަރަށް ހުނަރުވެރި ބޭފުޅެއްކަމަށްވާ، މުޙައްމަދު ކަލީމެވެ. މި ސެޝަންގައި ކަލީމް މަޢުލޫމާތު ދެއްވާފައިވަނީ، ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނޭ ގޮތްތަކުގެ މައްޗަށެވެ.

HajjCop_ads
Advertisement

ދައުލަތުގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއަރޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމެންޓް ސެކްޝަންގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

Img md 202304131239591681371599.1018

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

finance

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް އަލުން ހުޅުވާލައިފި

411002 1f783fc0 8

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ ޚާއްޞަ އިނާމަށް ހުޅުވާލައިފި