ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންޒޯ ގަތުމަށް ޗެލްސީން ފުރުސަތު ހުޅުވާލީ މާދަމާގެ 5 ޖެހުމާ ހަމައަށް

Images (5)
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ގަތުމަށް ޝައުގުވެރިވާ ކުލަބުތަކަށް ޗެލްސީން ފުރުސަތު ދީފިއެވެ. އެކުލަބުން އެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހަވީރު ފަހެއް ޖެހުމުގެ ކުރިންނެވެ.

ނިމުނު ވޯލްޑް ކަޕުގައި ވެސް އާޖެންޓީނާގެ ޖާޒީގައި މޮޅު ކުޅުމެއް ދެއްކި އެންޒޯ ގަތުމަށް ފައި ވިއްދާފައި ހުރީ މެންޗެސްޓާ ސިޓީންނެވެ. އެ ކުލަބުގެ މިހާރުގެ ކޯޗު އެންޒޯ މަރެސްކާއަކީ އެންޒޯއަށް ޗެލްސީގައި ކޯޗުކޮށްދިން ކޯޗެވެ. ޗެލްސީން ޔޫއޭފާ ކޮންފަރެންސް ލީގާއި ކުލަބު ވޯލްޑް ކަޕް މަރެސްކާގެ ކޯޗުކަމުގައި ކާމިޔާބު ކުރިއިރު އެންޒޯ އަކީ މުހިންމު ކުޅުންތެރިއެކެވެ. ކުރިއަށް އޮތް ސީޒަނަށް މަގާމާ ހަވާލުވީއްސުރެ އޭނާ ގަތުމަށް މަރެސްކާ މަސައްކަތް ކުރަމުންދަނީ ތަފާތު ސަބަބުތަކާހެދި އެވެ. މީގެ ތެރެއިން އެއް ކަމަކީ ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު މިޑްފީލްޑަރު ސްޕޭނުގެ ރޮޑްރީގޯ ކުލަބުން ދާން ބޭނުންވެ އެކަން ހުށަހަޅާފައިވާތީ އެވެ.

ޗެލްސީން އެންޒޯ ވިއްކާނަމަ އަގަކަށް ނިންމާފައިވަނީ 120 މިލިއަން ޕައުންޑެވެ. މިއަގު ދޭންވެސް މުއްސަނދި ސިޓީ އޮތީ ތައްޔާރަށެވެ. ޗެލްސީން ބުނީ މާދަމާ ފަހެއް ޖެހުމާއެކު އެންޒޯ ވިއްކާލުމުގެ މުއާމަލާތް ނިމުމަކަށް އަންނާނެ ކަމަށާއި އެހާތަނަށް އެ ކުލަބުގެ ޑިމާންޑާ އެއްވަރުގެ އަގެއް ނުލިބިއްޖެނަމަ ކުޅުންތެރިޔާ ވިއްކާލުމަށް ހުޅުވި ދޮރު މުޅިން ބަންދުވާނެ ކަމަށެވެ.

HajjCop_ads
Advertisement

ޗެލްސީން އެންޒޯ ވިއްކާލަން ވިސްނަން ފެށީ ކުޅުންތެރިޔާވެސް ސިޓީއަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅު ކުރުމުންނެވެ. ހުސްވި ސީޒަނުގެ މެދުތެރެއިން ސްޕޭނުގެ ރެއާލް މެޑްރިޑުން ވެސް އޭނާ އަށް ގަތުމަށް ޝައުގުވެރިވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (17)

ހަލް ސިޓީ ކައިރިން އެއްވަރުވެ ޗެލްސީއަށް ޕޮއިންޓެއް

Getty

ފަހަތުން އަރައި ލީޑްސްކޮޅަށް 6 ލަނޑުޖަހައި ޗެލްސީ ލީގު ކަޕްގެ އަނެއް ބުރަށް

GettyImages 2184029540 1024x683

ފަހަތުން އަރައި އާސެނަލުން ޗެލްސީ ބަލިކޮށްފި

0e22dc80 a656 11f1 b9c3 ff4913859afc

އިނގިރޭސި ރެކޯޑް ފީއަކަށް އެންޒޯ މެންޗެސްޓަރ ސިޓީއަށް