ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ އިންޖެކްޝަނެއް ގެންގުޅޭތީ ސަމާލުވާން އަންގައިފި!

STO_Ads
TTH_Ads
Advertisement

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖިކްޝަނެއްގެ އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ އިންޖެކްޝަންތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުކުރެވިފައިވާތީ އެބެޗުގެ ބޭސް އެތެރެކޮށް ވިއްކާ ބޭނުންކުރުމަކީ މަނާކަމެއްކަމަށް އެމްއެފްޑީއޭއިން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އާންމުކޮށްފައިވާ އެލަރޓެއްގައި ވިދާޅުވީ ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ އޮޕްޑިވޯ ބްރޭންޑްގެ “ނައިވޮލިޔުމަބް” ނަމަކަށް ކިޔާ އިންޖިކްޝަނެއްގެ އަސްލާ އެއްގޮތަށް ހަދާފައިވާ ފޭކް އިންޖިކްޝަންތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުކުރެވިފައިވާކަމަށެވެ. އެހެންކަމުން މިބްރޭންޑުގެ އެބެޗުގެ އިންޖިކްޝަން ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އިތުރު މަޢުލޫމާތު އެއޮތޯރިޓީން ލިބޭނެކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ އިތުރަށް ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން އަންނައިރު ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވާ ލިސްޓުގައި ނުހިމެނޭ ބޭސްތައް އަމިއްލަ ބޭނުންތަކަށް އެތެރެކުރާކަން ފާހަގަކުރެވެއެވެ. މިފަދައިން އެތެރެކުރާއިރު ބޭހުގެ ކޮލިޓީއާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭއިން ތަކުރާރުކޮށް އިލްތިމާސްކުރައްވައެވެ.

HajjCop_ads
Advertisement

މިދިޔަ މަހުވެސް ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ “ޑާޒަލެކްސް” ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ފެނުމުން އެކަން ރާއްޖެއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގާ ފީ 50 އިންސައްތަ ކުޑަކޮށްދީފި

MPL

ހެލްތު ސެޓްފިކެޓް ނެތި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން ދެ މުވައްޒަފަކަށް ދައުވާކޮށްފި