ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ގަތުމަށް އިތުރު ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

State pharmer
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމަސިއުޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ޚާއްސަ ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން މިއީ ރާއްޖޭގައި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ޒަމާނީ ފެންވަރަށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ބައެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

HajjCop_ads
Advertisement

ސްޓޭޓް ފާމާއިން ސިފަކުރާ ގޮތުގައި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް މިހާރުވެސް ދުނިޔޭގެ 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރެއެވެ. މީގެ ތެރޭގައި ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާގެ ގައުމުތައް ހިމެނެއެވެ.

އެޗްޕީއެލްއިން ވަނީ ދާދިފަހުން ވިލާތުގެ އެންމެ ބޮޑު އެއް ބޭސް އުފައްދާ ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާއާއެކުވެސް އެއްބަސްވުމެއް ހަދާފައެވެ. މިފަދަ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކާއެކު ގުޅުން ގާއިމުކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Df531b76 206f 4ef9 9093 efff0c020bb3

ހުރިހާ ބޭސް ފިހާރައެއްގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމެއް ސްޓޭޓް ފާމާއިން ޤާއިމްކޮށްފި

ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު

ވެކްސިނާއި ޞިއްޙީ ސާމާނު ހޯދުން ހަރުދަނާކުރަން މަޝްވަރާކޮށްފި

Igmh

އެންޓިބަޔޮޓިކްސްގެ ހުރިހާ ބާވަތެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ