ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ހިންގި އިޖުތިމާއީ ހަތް މަޝްރޫއެއް ނިންމާލައިފި

WhatsApp Image 2026 08 11 at 19.13.06
TTH_Ads
STO_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްނަގައިގެން ތައުލީމީ އަދި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ހިންގި އިޖުތިމާއީ ހަތް މަޝްރޫއެއް މުވައްޒަފުންގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ ދަހަރުގެ އަހަރީ ދުވަހާ ގުޅުވައިގެން، މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި ދެހާސް ފަނަރަ ވަނަ އަހަރު ތައާރަފުކުރި އިނިޝިއޭޓިވްއެކެވެ. މިއީ މުޖުތަމައަށް ފައިދާހުރި ކަންކަން މުވައްޒަފުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ސ މީދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ސީނު އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރޭގައި ފޮތްކިޔުމާއި ގްރޫޕް ސްޓަޑީ ހެދުމަށް ހާއްސަކޮށް ހިޔާކޮށްފައިވާ ބެންޗާއި މޭޒު ބަހައްޓައިގެން ތަނެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ތ އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރުންނަށް ރައްކާތެރިކަމާއެކު ކުޅެވޭނެ ވަސީލަތްތަކާއެކު ހާއްސަ ސަރަހައްދެއް ގުރައިދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ތަރައްގީކޮށްފައެވެ.

HajjCop_ads
Advertisement

ގައްދޫ ބްރާންޗުގެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން ގާފު ދާލު އަތޮޅު ސްކޫލު ގޯތިތެރޭގައި ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް އިށީންނާނެ ބެންޗުތަކެއް ވަނީ ގާއިމުކޮށްފައެވެ. ސިއްހީ ތައުލީމަށް އެހީތެރިވުމުގެ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލުގައި މެޑިކަލް ދަރިވަރުންނަށް ހާއްސަކޮށް މެޑިކަލް ފޮތްތަކާއި، ޑިޖިޓަލް ވަސީލަތްތަކާއި މައިކްރޯސްކޯޕް ހިމެނޭ ސްޓޫޑަންޓް ރިސޯސް ހަބެއް ބޭންކުގެ މުވައްޒަފަކު އިސްނަގައިގެން ވަނީ ގާއިމުކޮށްދީފައެވެ.

ތައުލީމީ ދާއިރާގެ އިތުރު މަޝްރޫއެއްގެ ގޮތުން ހއ މުރައިދޫ ސްކޫލުގެ މުހިންމު ސަރަހައްދުތަކަށް ފަސޭހައިން ދެވޭނެ ގޮތަށް ހިނގާ މަގެއް ވަނީ ހަދައިދީފައެވެ. ތިމާވެށީގެ ދާއިރާއިން މުރަކަ ފަރުތައް ދިރާސާކުރުމަށް ބޭނުންކުރާ ފަސްދޮޅަސް ޓޫލްކިޓާއި އޮންލައިން ޑޭޓާ ޕްލެޓްފޯމެއް އުފައްދައި، ފަރުތަކުގެ މައުލޫމާތު އެއްކުރުމަށް ވިހި ސިޓިޒަން ސައިންޓިސްޓުން ވަނީ ތަމްރީނުކޮށްފައެވެ.

ކުނި މެނޭޖުކުރުމުގެ ދާއިރާއިން ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން އެ ރަށު ކައުންސިލާ ގުޅިގެން ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ދަޅު ފިއްތާ މެޝިނެއް ވަނީ ބަހައްޓައިފައެވެ. ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ އިޖުތިމާއީ ޒިންމާގެ ދަށުން ސްކޫލުތަކާއި ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ތައުލީމާއި ތިމާވެށްޓާ ގުޅުންހުރި ތަފާތު މަޝްރޫއުތައް މުޅި ރާއްޖޭގައި ހިންގަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްއިން ދުވާލަކު 2.7 މިލިއަން ޑޮލަރު ދޫކުރޭ

ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި

bml

ބޭންކް އޮފް މޯލްޑިވްސްއިން ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލުތަކެއް

Qw

ބީއެމްއެލްގެ ސީއީއޯ ޝަރީފް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި