ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް

STO_Ads
TTH_Ads
Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ.

ރޭ އިހަވަންދޫގައި ކުޅުނު ފައިނަލް މެޗުގައި އިހަވަންދޫ ވަނީ ފިއްލަދޫ އަތުން 5-0 އިން ބޮޑު ތަފާތަކުން މޮޅުވެފައެވެ. ފުޓްސަލްގައި ވަރުގަދަ ޓީމުތަކެއް ފެންނަ ހއ.އަތޮޅު ތަމްސީލުކުރުމަށް މި މުބާރާތުގައި ވާދަކުރީ އިހަވަންދޫ އާއި ފިއްލަދޫ އެކަނި ކަމުން، އެ އަތޮޅު ބުރުގައި ކުޅުނީ އެންމެ މެޗެކެވެ. ހޯސްޓް ރަށުގެ ގޮތުގައި ހަމަޖެއްސީ އިހަވަންދޫއެވެ.

އަތޮޅު ބުރު ނިމުމާއެކު، މި ދެޓީމަށް ދެން އޮންނާނީ ޒޯން ބުރެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު އެފްއޭއެމް އިން އަލަށް ފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/26 ފުޓްބޯޅަ މުބާރާތުގެ ހއ.ބުރުގައި ވެސް ވާދަކުރީ ދެ ޓީމެވެ. އެއީ އިހަވަންދޫ އާއި ދިއްދޫއެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، މި މުބާރާތް ވެސް ބަހާލާފައިވަނީ ހަތަރު ރީޖަނަކަށެވެ. އެއީ ނޯތު ރީޖަން (ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ)، ސެންޓްރަލް ރީޖަން (ކ، އއ، އދ، ވ، މ، ފ އަދި ދ)، ސައުތު ރީޖަން (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) އަދި މާލެ ރީޖަން (މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ކްލަބްތައް) އެވެ.

ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި އެ ހަތަރު ޗެމްޕިއަންގެ މެދުގައި ކުޅޭ ބުރަކުން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަން ޓީމު ކަނޑައެޅޭނެއެވެ. މީގެ އިތުރުން، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމަށް 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

436397 552c6f5a 5 (1)

ފީފާގެ ހުށައެޅުމަށް އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމާ!

Igmh

މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަނުގެ މައްސަލައިގައި ފަޒީލްގެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ދައުވާކޮށްފި

FAM TOM

ފުޓުބޯޅަ ލާމަރުކަޒީކޮށް ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމްކުރަނީ

ސްޓޭޑިއަމް ސަރަހައްދުގައި ހުއްދަނެތި ހަދާފައިވާ ގުދަންތައް ހުސްކުރަން އެފްއޭއެމްއިން ނިންމައިފި