ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމަށް މާލެ ސަރަހައްދުގައި ބޭއްވި އިންޓަވިއު ނިންމާލައިފިއެވެ.
އިންޓަރވިއު ކުރިއަށްގެންގޮސްފައިވަނީ ދެދުވަހުގެ މުއްދަތަށެވެ. ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ހަތަރުވަނަ ބެޗުގައި ފުރުޞަތު ދީފައިވަނީ 3ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށެވެ. މި ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާގައި، އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައްވެސް ބައިވެރިން ފުރިހަމަކުރާނެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ބޭއްވި އިންޓަވިއު ޕްރޮސެސް މިހާރު ނިންމާލާފައިވާއިރު، ރާއްޖޭގެ 12 ސަރަހައްދެއްގައި އަދިވެސް އިންޓަވިއުތައް ކުރިއަށްގެންދާނެއެވެ.
މީގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ނ.މަނަދޫ، ރ.އުނގޫފާރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ތ.ވޭމަންޑޫ، ލ.ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ. އަދި މިކަމަށް އެމްއެންޑީއެފުގެ 5 ޓީމެއް އެކި ސަރަހައްދުތަކުގައި މިވަގުތުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ހަތަރުވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާގައި، އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައްވެސް ބައިވެރިން ފުރިހަމަކުރާނެއެވެ. އަދި މީގެ ތެރެއިން މާލެ ސަރަހައްދުގައި ބޭއްވި އިންޓަވިއު ޕްރޮސެސް މިހާރު ނިންމާލާފައިވާއިރު، މި ހަފްތާގެ ތެރޭގައި ދެން ހުރި ޓެސްޓުތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.








ކިޔުންތެރިންގެ ހިޔާލު