ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް މާދަމާ ފަށަނީ، 325 މީހުން ބައިވެރިވޭ

STO_Ads
TTH_Ads
Advertisement

އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް މާދަމާ ފަށަން ނިންމައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ މި މުބާރާތް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. ވާހަކަދެއްކުމުގެ ބަޔާއި އަމިއްލަ ފަރުދުންގެ ބައެވެ. މީގެ އިތުރުން ބަހުސް ކުރުމުގެ ބައެއް އޮފީސްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކޮލެޖްތަކާއި ޔުނިވަރސިޓީ އިންސްޓިޓިއުޓްތަކަށް ކުރިއަށް ގެންދެއެވެ.

އޮގަސްޓް މަހުގެ 11އިން 30 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި 325 މީހުން ބައިވެރިވެއެވެ.

HajjCop_ads
Advertisement

ވާހަކަ ދެއްކުމުގެ މުބާރާތުގެ ސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ ތިން ގިންތިއަކަށެވެ. އެއީ ދަށު ސާނަވި ގިންތިއާއި ސާނަވި ގިންތީގެ އިތުރުން މަތީ ސާނަވީ ގިންތިއެވެ.

އަމިއްލަ ފަރުދުންގެ ބައިގައި ހިމެނެނި، 18 އަހަރުން ދަށުގެ ފުރާއާއި 18 އަހަރުން މަތީގެ ފުރާއެވެ. ބަހުސް ކުރުމުގެ ބައި ކުރިއަށް ގެންދަނީ 16 އަހަރުން މަތީ ފުރާއަށެވެ.

އިސްކޫލު ކުދިންގެ ބައިގައި 51 ސްކޫލަކުން 302 ދަރިވަރުން ބައިވެރިވެއެވެ. އެންމެ ގިނަ ދަރިވަރުން ބައިވެރިވީ ދަށު ސާނަވީގައެވެ. އެ ބައިގައި 25 ސްކޫލަކުން 151 ދަރިވަރުން ވާދަކުރެއެވެ. ސާނަވީ ބައިގައި 21 ސްކޫލަކުން 119 ދަރިވަރުން ވާދަކުރެއެވެ. މަތީ ސާނަވީގައި 5 ސްކޫލަކުން 32 ދަރިވަރުން ވާދަކުރެއެވެ. މި މުބާރާތުގައި އަތޮޅުތަކުގެ ސްކޫލުތަކުގެ 11 ސްކޫލަކުން 40 ދަރިވަރުން ބައިވެރިވެއެވެ.

ބަހުސްގައި 4 މުއައްސަސާއަކުން މި ފަހަރު ބައިވެރިވެއެވެ. އަދި ވާހަކަދެއްކުމުގެ ބައިގައި އަމިއްލަ ގޮތުން އެއް ކުއްޖަކު އަދި ތަފާތު ގޮތަކުން ކުޅަދާނަކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ބައިގައި ދެ ފަރާތަކުން ބައިވެރިވެއެވެ.

އިސްކޫލު ދަރިވަރުން ބައިވެރިވާ ވާހަކަދެއްކުމުގެ މުބާރާތް ކުރިއަށް ގެންދަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެއެވެ. އަރުތަ ބުރުގައި ވާދަކުރަނީ ކޮންމެ ގިންތިއަކުން އެންމެ މަތިން މާކްސް ހޯދާ ދިހަ ދަރިވަރުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhivehibahuge academy

ވާހަކަ ދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި