ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާހަކަ ދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

dhivehibahuge academy
STO_Ads
TTH_Ads
Advertisement

އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދިވެހި ބަހަށް ލޯބިޖެއްސުމާއި، ވާހަކަދެއްކުމުގެ ފަންނު ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ. އެގޮތުން މި މުބާރަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 އިން 30 އަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށެވެ.

އިސްކޫލްތަކުގެ ބައި:
· ދަށު ސާނަވީ ގިންތި ( ކީ ސްޓޭޖް 3)
· ސާނަވީ ގިންތި ( ކީ ސްޓޭޖް 4)
· މަތީ ސާނަވީ ގިންތި ( ކީ ސްޓޭޖް 5)
އަމިއްލަ ފަރާތްތަކުގެ ބައި:

HajjCop_ads
Advertisement

· 18 އަހަރުން ދަށުގެ އުމުރުފުރާ
· 18 އަހަރުންގެ މަތީގެ އުމުރުފުރާ

ދިވެހި ބަހުގެ އެކަޑަމީން ބުނީ، ބަހުސްކުރުމުގެ ބައި ހާއްސަ ކުރެވިފައިވަނީ 16 އަހަރުންގެ މަތީގެ އުމުރުފުރާތަކަށް ކަމަށެެވެ. މީގެ ތެރޭގައި އޮފީސްތަކާއި، ކުންފުނިތައް، ޖަމިއްޔާ ޖަމާއަތްތައް، ކުލަބުތައް، ޔުނިވަރސިޓީ، ކޮލެޖު އަދި އެކެޑަމީތަކުގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މުބާރާތުގައި ވާހަކަދައްކާނެ މައުލޫތައް އާންމުކުރުމަށް ހަމަޖެހިފައިވަނީ އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ މަދުވެގެން ފަސް ދުވަސް ކުރިންނެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ކުރިން ، އޮންލައިންކޮށް ފޯމް ހުށަހެޅުމަށް އެކަޑަމީން އެދިފައިވެއެވެ.

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ދިވެހި ބަހުގެ އެކަޑަމީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށާއި، ނުވަތަ އެކަޑަމީގެ ނަންބަރު 7772816 އަށް ގުޅުއްވައިގެންނާއި މެއިލްކޮށްގެންވެސް ލިބޭނެކަމަށް އެކަޑަމީން ބުނެފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު