ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

TTH_Ads
STO_Ads
Advertisement

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާއީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކުގެ ސެކްރެޓަރީ ޖެނެރަލް އެމް.ޑީ. ގޯލަމް ސަރުވަރުގެ ދައުރުގައި އެމަނިކުފާނު ކުރެއްވި އިހުލާސްތެރި މަސައްކަތްޕުޅުތަކާއި ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައިދާނުގައި ސާކް އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވަމުން، ސެކްރެޓަރީ ޖެނެރަލްގެ ހަރުދަނާ ލީޑާޝިޕަށް ރައީސް ތައުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއިން އެ ޖަމްއިއްޔާއަށް ދެއްވާ އެއްބާރުލުމަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. ސާކް އުފެއްދި ބާނީ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއަކީ އެ ޖަމްއިއްޔާއަށް ނުހަނު މުހިންމު ގައުމެއްކަން ފާހަގަކުރައްވައި، ޖަމްއިއްޔާގެ މަސައްކަތްތައް އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ސެކްރެޓަރީ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، ސަރަހައްދީ އެއްބައިވަންތަކަމާއި ކުރިއެރުމަށް ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކޮށް، އެ ޖަމްއިއްޔާ އުފެއްދި ބާނީ މެންބަރުންގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ދެ ބޭފުޅެއްގެ ނަންފުޅު ރައީސް ފޮނުއްވައިފި

ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

Abdul Raheem abdulla

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމު އޮތީ ދަރުވާލާފައި: އަބްދުއްރަހީމް