ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްޑީސީގެ ރެސިޑެންޝަލް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ބޮޑުބައި ނިމިއްޖެ

Fahi flat
TTH_Ads
STO_Ads
Advertisement

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ފޭސް ދޭއްގައި ތަރައްޤީކޮށްފައިވާ ހައުސިން ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ހިންގާ މަޝްރޫޢުގެ ބޮޑުބައި މިހާރު ނިމިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، “އަމާން ދޯދި” އަދި “އަމާން އުދަރެސް” ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ދަނީ ވަރަށް ބާރު ދުވެލީގައި ކުރިއަށެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން “އަމާން ދޯދި” ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ނުވަދިހަ އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި “އަމާން އުދަރެސް” ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ ނުވަދިހަ ފަސް އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

HajjCop_ads
Advertisement

ކެމެރާ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމި، ސީސީޓީވީ ނެޓްވޯކުގެ އޮޕަރޭޝަންތައް މުޅިން ފެށުމުން، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އެނޫންވެސް އާންމު ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ކެމެރާ ނެޓްވޯކުގެ އިތުރުން ޓަވަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިތުރު ވަސީލަތްތައްވެސް ޤާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި ހަތަރު ހާސް ހައުސިން ޔުނިޓްތައް އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ތަރައްޤީކުރި އެ ޓަވަރުތަކުގެ ގިނަ އެޕާޓްމަންޓްތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައެވެ.

އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށިނަމަވެސް، އާންމުންނަށް އެންމެ ދަތިވާ އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ވެހިކަލްތައް ޕާކުކުރުމުގެ މައްސަލައެވެ. މީގެ އިތުރުން، އެ ތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ކުޅެލައި ހަމަޖެހިލާނެ ޕާކެއް ނެތުމުގެ މައްސަލައަކީވެސް އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އަމާން ޓަވަރުތަކުން ކުނި ސާފުކުރުމަށް ފާއިތުވި ނުވަ މަސް ތެރޭ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއްޖެ

Iu

އަމާންދޯދި ފްލެޓެއް 23،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި

Mal

ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: ހަމްދާން

އުކުޅަހު ސްކޫލު އޮފީހުގެ އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޙަވާލުކޮށްފި