އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
ޕީސް ފައުންޑޭޝަނުން ޗޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ މި މުހިންމު މަގާމަށް ޗޭ އިންތިޚާބުވުމާ ގުޅިގެން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ޕީސް ފައުންޑޭޝަނުން ފާހަގަކުރި ގޮތުގައި، މިއީ ސޯބާގެ ހިންގުންތެރިކަމާއި، އިޚްލާޞްތެރިކަމުގެ އިތުރުން މީހުންނަށް ޚިދުމަތް ކުރުމުގައި ބަހައްޓަވާ ފަރުވާތެރިކަމަށް ލިބުނު ވަރަށް ހައްގު ކާމިޔާބީއެކެވެ.

އެ ޖަމިއްޔާއިން ވަނީ ސޯބާއަށް މި އައު މަގާމުގައި ކާމިޔާބީއަށް އެދި ދުޢާކޮށްފައެވެ.
މި އައު ޒިންމާއާއެކު، އޭޝިއާ ސަރަހައްދުގެ ރާޅާ އެޅުމުގެ ދާއިރާއަށް ސޯބާގެ ފަރާތުން ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.
ޗޭ އަކީ ރާއްޖޭގެ ސާފިންގ އެސޯސިއޭޝަންގެ ރައީސްވެސްމެއެވެ.









ކިޔުންތެރިންގެ ހިޔާލު