ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ލ. މާމެންދޫގެ ކަނބަލުންނަށް އަމާޒުކޮށް ދިވެހި ސިފައިންގެ ސެންޓްރަލް އޭރިއާ ކޮމާންޑާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގި “މޫދު ކަސްރަތު” ޕްރޮގްރާމް ނިންމާލައިފިއެވެ.

ޖުލައި 18 އިން އޮގަސްޓް 3 އަށް ލ. މާމެންދޫ ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް 18 ކަނބަލަކު ފުރިހަމަކޮށްފައިވެއެވެ. ޕްރޮގްރާމުގެ ކުލާސްތައް ނަންގަވައިދެއްވީ ދިވެހި ސިފައިންގެ ސެންޓްރަލް އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.

ޕްރޮގްރާމް ނިންމައިލުމުގެ ރަސްމިއްޔާތު ރޭ ލ. މާމެންދޫ ސްކޫލުގައި ބާއްވާފައިވާ އިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމުން ވަނަ ހާސިލުކުރި ފަރާތްތަކަށް ހަނދާނީ ފިލައާއި ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ. ރަސްމިއްޔާތުގައި އެ ކޮމާންޑުގެ އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ އޮފިސަރ ކެޕްޓަން ސިއުތު މުހައްމަދާއި ޕްރޮގްރާމުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ސިއްހަތު ރަނގަޅުކުރުމުގެ އިތުރުން އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ދިވެހި ސިފައިން ހިންގި ޕްރޮގްރާމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެ ސްކޭޓް ޕާކު ސަރަހައްދު ތޮށިގަނޑު ގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ