ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ހިންދޫންގެ އަޅުކަމެއްކޮށް ވީޑިއޯ އާންމުކުރި ނޭޕާލް އަންހެން މީހާ ހައްޔަރުކޮށްފި

Large 161337206156merw
ފުލުހުންގެ މައި އިދާރާ، ޝަހީދު އާދަމް ބިލްޑިން — ފޮޓޯ: ސަން
TTH_Ads
STO_Ads
Advertisement

ހުޅުމާލެ ފޭސް ދޭއްގެ މޫދު ހިމެނޭ ސަރަހައްދުގައި ހިންދޫންގެ އަޅުކަމެއްކޮށް އެ ވީޑިއޯ އާންމުކުރި މައްސަލައިގައި ނޭޕާލަށް ނިސްބަތްވާ އަންހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު އެ މައްސަލަ ވަނީ ޚާއްސަ އިސްކަމެއް ދީގެން ބަލަން ފަށާފައެވެ. ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ދެނެގަނެ އޭނާ ހައްޔަރުކޮށްފައިވަނީ މީގެ ދެ ދުވަސް ކުރީންނެވެ.

ހައްޔަރުކުރި އުމުރުން 44 އަހަރުގެ މި އަންހެން މީހާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

HajjCop_ads
Advertisement

އެ އަންހެން މީހާއާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާއިރު، ރާއްޖޭގެ އާންމު ތަންތަނުގައި އިސްލާމްދީން ނޫން އެހެން ދީންތަކުގެ އަޅުކަން ކުރުމާއި އެފަދަ ކަންކަން އިޝްތިހާރު ކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ދެނެގަތުމުގެ ސިލްސިލާ ހަރަކާތްތަކެއް ފުލުހުން ފަށައިފި

90

މާލޭ ޖެޓީމަތިން 3 ލައްކަ ރުފިޔާގެ ފޮށި ވަގަށްނެގި މީހާ ހައްޔަރުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

police

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި