ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގުއްދުވާ، ނާގޯށި އަދި ކިހަވައްހުރަވަޅި ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިފާފައިވާ ތިން ރަށެއްގެ ހެޑްލީސް ރައިޓްސް ނުވަތަ ކުލީގެ ހައްގުތައް ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.

މިއަދު އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްޓީޑީސީގެ މިލްކިއްޔާތުގައި ހުރި އެއްވެސް އެސެޓެއް ނުވަތަ ރަށެއްގެ ހެޑްލީސް ރައިޓްސް ވިއްކާލުމަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

އެމްޓީޑީސީން މިކަން ސާފުކޮށްދީފައި މިވަނީ ހދ. ނާގޯށި، ގދ. މަގުދޫވާ އަދި ބ. ކިހަވައް ހުރަވަޅީގެ ހެޑްލީސް ރައިޓްސް ބާޒާރުގެ އަގަށްވުރެ ހެޔޮކޮށް ވިއްކާލަން އުޅޭކަމަށް ބައެއް މީޑިއާތަކުގައި ހަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އެ ކުންފުނީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ނާގޯއްޓާއި، މަގުދޫވާ އަދި ކިހަވައް ހުރަވަޅިއަކީ ދިވެހި ސަރުކާރާއެކު ވެފައިވާ ސައްހަ އެއްބަސްވުންތަކެއްގެ ދަށުން އެމްޓީޑީސީއަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ. އަދި އެ ރަށްތަކުގެ ގާނޫނީ ހުރިހާ ހައްގުތަކެއް އޮތީ އެމްޓީޑީސީގެ އަތުގައި ކަމަށްވެސް ބަޔާނުގައިވެއެވެ.

HajjCop_ads
Advertisement

މީޑިއާތަކުގައި ފެތުރެމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއްކަން ފާހަގަކޮށް، އެމްޓީޑީސީން ބުނީ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ކުންފުނި ހިންގުމުގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ހައިސިއްޔަތުން، ކުންފުންޏާ ގުޅުންހުރި މުހިންމު ކަންކަން ގަވާއިދުން ހާމަކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

އެހެންކަމުން، ކުންފުނީގެ ހިއްސާދާރުންނާއި އާންމު ރައްޔިތުން، ކުންފުންޏާ ގުޅޭ ރަސްމީ މައުލޫމާތު ހޯދުމުގައި އެމްޓީޑީސީގެ ރަސްމީ އިޢުލާންތަކަށް އެކަނި ބަރޯސާވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MTDC MD

އެމްޓީޑީސީގެ އެމްޑީކަމުގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި

445gf

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ނިޔާޒު ވަކިކޮށްފި

އެމްޓީޑީސީ އޮފީސް އިމާރާތް: މުޅި މަޝްރޫޢުގެ %98 މަސައްކަތް ނިންމާލައިފި

އެމްޓީޑީސީގެ އައު އޮފީސް އިމާރާތް އެޕްރީލް މަހު ހުޅުވަނީ